-Advertisement-

-Advertisement-

ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު!

ހިލާލީ މަގުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި. ފޮޓޯ: މުހައްމަދު ޝާބިން / ނިއުސްލެބް

މިއަދު އިރު އޮއްސި 19:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށްއަށް ހުދު ސަމާލު ނެރެފިއެވެ.

މި އެލާޓު ނެރެފައިވަނީ މިއަދު މެންދުރު ފަހު13:30 ގައެވެ.

މުސޫމާއި ބެހޭ ގައުމީ އިދާރާގެ ފަރާތުން ބުނެފައިވަނީ ތަފާސް ހިސާބުތައް ދައްކާގޮތުން ހުޅަނގު ދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުގެ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މިއަދު ހެނދުނު 7:00 އިން 14:45 އަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ރީނދޫ ސަމާލު ނެރިފައިވާއިރު، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުނެއެވެ.

އިއްޔެ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރި އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ބ. ގޮއިދޫއަށެވެ. އަދި އެ ރަށަށް 81 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް މެޓް އޮފީހުގެ ތަފާތު ހިސާބުތައް ދައްކައެވެ.

މީގެ އިތުރުން އިއްޔެ ކުރި ވިއްސާރައިގައި ށ. ފުނަދޫ އާއި އއ. ތޮއްޑޫ އާއި އެ އަތޮޅު ހިމަންދޫ އަދި އދ. މާމިގިލީގެ އިތުރުން ލ. ކައްދޫއަށް ވެސް 50 މިލިމީޓަރަށް ވުރެ ގިނައިން ވާރެވެހުނުކަމަށް އެފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-