-Advertisement-

-Advertisement-

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން: ގެއްލުނު މީހާ ފެނުނީ މަރުވެފައި އޮށްވާ

މާލެ އަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން މީހަކު ސަލާމަތް ކުރަނީ / ފޮޓޯ: އެމްއެންޑީއެފް

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ފެނުމާއެކު އެމްއެންޑީއެފްއިން ވަނީ އޭނާ ނަގައިގެން ކާށިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.

މި ކޮޅުވެއްޓިއަކީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި “ލިއޯ ޕާލް” ނަމަކަށް ކިޔާ ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓި ރޭ ފަތިހު ބަންޑުން ޖަހާލިއިރު އޭގައި ފަސް މީހުން ތިއްބެވެ.

އާންމު ގޮތެއްގައި ކަނޑުމަތީ ހާދިސާއެއް ހިނގައިފިނަމަ، ހާދިސާ ހިނގި ސަރަހައްދު އެމްއެންޑީއެފުން ހިއްސާކުރެއެވެ. އެކަމަކު ‘ލިއޯ ޕާލް’ ކަނޑުވި ސަރަހައްދެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މި ދުވަސްވަރު މޫސުން ގޯހެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-