-Advertisement-

-Advertisement-

700 އެއްހާ ޑޮމެއިން ސައްހައެއްނޫން، މައްސަލަ ހައްލު ކުރުމަށް ގާނޫނުގެ ތެރެއަށް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ / ފޮޓޯ: ވަން

މިދިޔަ ސަރުކާރުން ވިއްކި ޑޮމެއިން ނަންބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަންބަރުތަކަކީ ސައްހަނޫން ނަންބަރުތަކެއް ކަމަށާއި، އެ ނަންބަރުތަކުގެ މައްސަލަ ކުރިއަށް އޮތް ހަތް މަހުގެ ތެރޭ ހައްލުކުރައްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

“އަހާ ފޯރަމް”ގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ރޭ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން 1،200 ޑޮމެއިން ވިއްކާފައިވާއިރު އުސޫލާ އެއްގޮތަށް ވިއްކާފައި ވަނީ އޭގެ 50 ޕަސެންޓް ކަމަށެވެ. އެކަން ކޮށްފައި ވަނީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް އަމީން ވިދާޅުވިއެވެ.

“އެކަމަކު އަޅުގަނޑުމެން ސަރުކާރަށް އައިއްސަ އަޅުގަނޑުމެން ގަބޫލުކުރި އުސޫލަކީ ވަކި ބަޔަކު ގޯސްތަކެއް ހަދާފަ ހުއްޓަސް ރަނގަޅު ގަވައިދުތަކާއި އުސޫލުތަކާއި ގާނޫނުގެ ތެރެއިން އޮޕަރޭޓް ކުރަމުން ދިޔަ މީހުންނަށް ދޭންޖެހޭ ހިދުމަތެއް ހުއްޓާލެވިފަ އޮވެގެން ނުވާނެއޭ، އެހެންވީމާ އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ފެއްޓި ކަމަކީ ޑޮމެއިންގެ ކްލެސިފިކޭޝަންސްތަކެއް ހަދަން ފެށީ،”- އަމީން

އެހެންކަމުން ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭ ގާނޫނީ ނިޒާމުގެ ތެރެއިން ޑޮމެއިންގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އެގޮތުން ސައްހަ ޑޮމެއިންތަކަށް އަލުން ހިދުމަތް ދޭން ފަށައި، ފަސޭހަ ނިޒާމެއްގެ ދަށުން ރިކޯޑުތަކާ އެކީ ގެނެސްގެން ސައްހަނޫން ޑޮމެއިންތައް ސައްހަ ޑޮމެއިންތަކަށް ބަދަލުކުރަން ފުރުސަތުދީ، އަމިއްލަ އަށް ހަދައިގެން އުޅޭ ނަންބަރުތައް ކެންސަލްކޮށް ސައްހަ ޑޮމެއިންތަކުގެ ލިސްޓެއް ނެރުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮމެއިން ނަމްބަރުތައް ވިއްކުން ހުއްޓާލީ ކުރީގެ ސަރުކާރުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އެގޮތަށް އޭރުގެ ސަރުކާރުން އަންގާފައިވަނީ ޑޮމެއިން ނަމްބަރުތަކުގައި ބޮޑެތި މައްސަލަތަކެއް ހުރުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-