-Advertisement-

-Advertisement-

ވިޓަމިން ބީ12 އެކުލެވޭ ކާނާތައް

ވިޓަމިން ބީ12 އަކީ ނާރުތައް ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ޑީއެންއޭ އާއި ރެޑް ބްލަޑް ސެލްތައް އުފެއްދުމަށް އެހީތެރިވުމުގެ އިތުރުން ސިކުނޑީގެ މަސައްކަތްތައް ދެމެހެއްޓުމަށް ބޭނުންވާ އެއްޗެކެވެ. ވިޓަމިން ބީ12 އެކުލެވޭ ކާނާއަކީ މައިގަނޑު ގޮތެއްގައި މަހާއި ބިހާއި އަދި ޑެއިރީ ޕްރޮޑަކްޓް ތަކުގައެވެ. ވިޓަމިން ބީ12 އަކީ އިންޓްރިންސިކް ފެކްޓާ ކިޔާ ޕްރޮޓީނެއްގެ އެހީގައި ބަނޑުގައި ހަރުލާފައި ހުންނަ މާއްދާއެކެވެ. މި މާއްދާއަކީ ވިޓަމިން ބީ12 މޮލިކިއުލްއާ ގުޅި، ލޭއަދި ސެލްތަކަށް އެ މާއްދާ ހިފެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ވިޓަމިން ބީ12 އެކުލެވޭ ކާނާ

1. ޖަނަވާރުގެ ލިވާ އާއި ކިޑްނީ
ތާޒާ އޯގަނިކް މަހަކީ އޭގައި ވަރަށް ގިނަ ނިއުޓްރިއަންޓް އެކުލެވޭ އެއްޗެކެވެ. އަދި ހާއްސަކޮށް މިތަކެތީގެ ލިވާ އާއި ކިޑްނީ އަކީ ގިނަ އަދަދަކަށް ވިޓަމިން ބީ12 އެކުލެވިގެންވާ ކާނާއެވެ.

2. ގެރި މަސް
ގެރި މަހަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ބީ12 އެކުލެވޭ މަހެކެވެ. ބިފް އަކީ ތަފާތު ގިނަ ގޮތްގޮތަށް ތައްޔާރުކުރެވޭ އަދި އާއްމުކޮށް ލިބޭ އެއްޗަކަށް ވާތީ، ހަށިގަނޑަށް ބޭނުންވާ ވިޓަމިން ބީ12 ހޯދުމަށް މިއީ ރަނގަޅު އިޙްތިޔާރަކަށް ވާނެއެވެ.

3. ކަނޑު މަސް
ކަނޑުމަހަކީ އަހަރުމެން އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތެކެވެ. ކަނޑު މަހަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން، ވިޓަމިން އަދި މިނަރަލްސް ފަދަ ނިއުޓްރިއަންޓްސް ހިމެނޭ ބާވަތެކެވެ. ހާއްސަކޮށް ހަންގަނޑުގެ ތިރީގައި ހުންނަ މަސްތަކުގައި ވިޓަމިން ބީ12 ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.

4. ކުކުޅު ބިސް
ކުކުޅު ބިހަކީ ޕްރޮޓީން އާއި ވިޓަމިން ބީ2 އަދި ބީ12 ވަރަށް ގިނަ އިން ލިބެން ހުންނަ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިހުގެ ގޮބޮޅީގައި ވިޓަމިން ބީ12 އެކުލެވިގެންވާ މިންވަރު ބިހުގެ ހުދުބަޔަށްވުރެ ގިނައެވެ. އެހެންކަމުން ހަމައެކަނި ބިހުގެ ހުދުބައި ކެއުމުގެ ބަދަލުގައި މުޅި ބިސް ކެއުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.

ވިޓަމިން ބީ12 އެކުލެވޭ ކާނާ އެކަށީގެންވާ މިންވަރަށް ނުކާނަމަ ވިޓަމިން ބީ12 މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ވިޓަމިން ބީ12 މަދުވާނަމަ ތަފާތު އެކި ސިއްހީ މައްސަލަތައް ދީމާވާނެއެވެ. އޭގެތެރޭގައި ޕިން ނުވަތަ ތިނޯސް ހެރޭހެން އަތާއި ފައި އައްސިވުމަކީ ހަށިގަނޑުން ވިޓަމިން ބީ12 މަދުވުމުގެ އަލާމާތެކެވެ. އޭގެއިތުރުން އާދަޔާ ޙިލާފަށް ފިނިވުމާއި ހަށިގަނޑި ބަލިކަށިވުމަކީ ވެސް ދިމާވެދާނެ ކަންކަމެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-