-Advertisement-

-Advertisement-

ހަލުވިކަމާއެކު ފެތުރެމުންދާ ޗިކަންގުންޔާއަށް ސަމާލުވެ ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފި

ނުރައްކާތެރި ބައްޔެއްކަމަށްވާ ޗިކަންގުންޔާ ހަލުވިކަމާއެކު ރައްޖޭގައި ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމަށް އެޅެން ހުރި ހުރިޔާ ފިޔަވަޅެއް އެޅުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ނިމިދިޔަ އެޕްރީލް މަހު މާލެ ސަރަހައްދުން އެކަނި ވެސް 59 ކޭސް ރިޕޯޓުކުރެވިފައިވެއެވެ. އަދި މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން މި ބަލި ފެތުރުމުގެ ފުރުސަރު އިތުރަށް ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ބަލީގެ ނުރައްކާތެރިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ހެލްތް މިނިސްޓަރު އަބްދުالله ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޗިކަންގުންޔާއާއި ޑެންގޫފަދަ މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. ސަބަބީ އެކަށީގެންވާ ފިޔަވަޅު ނޭޅިއްޖެނަމަ މި ބަލި ފަތުރާ މަދިރި ވަރަށް ހަލުވި ބާރުމިނެއްގައި އާލާވެގެންދާނެތީއެވެ.

މި ބައްޔަކީ އެއިޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށް ފަހު ބަލި ނުޖެހޭ މީހެއްގެ ގައިގައި މި މަދިރި ހަފައިފިނަމަ ބަލި ނުޖެހި ހުރި މީހާގެ ހަށިގަނޑުގެ އެތެރެއަށް ވައިރަސް ވާސިލްވެއެވެ. މި ބަލި ޖެހުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ގައިގައި ވަރު ދެރަވުން، ހުން އައުން، މޭނުބައިކޮށް ހޮޑުލެވުން އަދި ބޮލުގަ ރިއްސުން ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-