-Advertisement-

-Advertisement-

މަދިރި ކޮންޓުރޯލް ކުރުމަށް ހުޅުމާލެ ފޮގް ކުރަނީ

ހުޅުމާލެގެ އެކި ސަރަހައްދުތައް ފޮގްކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ. ފޮޓޯ/ އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މަދިރި އާލާވުން ހިއްޓުވުމަށް ފޮގް ކުރަން މިއަދު ފަށައިފިއެވެ.

އެޗްޑީސީއިން އެކްސްގައި މައުލޫމާތް ހައްސާ ކުރަމުން ބުނެފައިވަނީ މަދިރީގެ ސަބަބުން ޖެހޭ ބަލިތައް އިތުރުވަމުންދާތީ ހުޅުމާލޭގެ އެކި ސަރަހައްދުތަށް ފޮގް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މަދިރީގެ ޒަރީޔާއިން ޖެހޭ ޗިކަންގުނަޔާގެ ގިނަ ކޭސްތަކެއް ވަނީ މާލެ ސަރަހައްދުން ފެނިފައިއެވެ. އެޗްޕީއޭއިން މައުލޫމާތް ދީފައިވާ ގޮތުގައި އިއްޔެ އާއި ހަމައަށް 130 ޗިކަންގުނަޔާ ކޭސް ފެނިފައިވާ ކަމަށެވެ. ހެލްތް މިނިސްޓަރ ވަނީ މަދިރި އާލާވުން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކޮއްފައެވެ.

ހުޅުމާލޭގެ އިތުރުން މާލެ ސިޓީ ކައުންސިލްއިން ދަނީ މާލޭގެ އެކި ސަރަހައްދުތައް ފޮގް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-