-Advertisement-

-Advertisement-

އިންޑިޔާ ސިފައިން އަނބުރާ ގެންދާނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދިން: ދިވެހި ސަރުކާރުން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަބުރާ ގެންދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ބޭއްވުނު 4 ވަނަ މަޝްވަރަ ބައްދަލުވުމަށްފަހުވެސް ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިންނެއް މެއި މަހުގެ 10 ގެ ކުރިން އަނބުރާ އެ ގައުމަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން އަރުވައިފައި ވާކަމުގައި ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.

އިންދިޔާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭގޮތުން ދެ ގައުމުގެ ސަރުކާރުގެ މެދުގައި ކުރެވުނު 4 ވަނަ މަޝްވަރާ ބައްދަލުވުމަށް ފަހު ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ،  ރާއްޖޭގައި މިހާރު ތިބި އިންޑިއާ އަސްކަރިއްޔާގެ ފަހު ޓީމު ބަދަލުކުރުމުގެ ކަންކަން މި މަހު 10އަށް ނިންމާލެވޭނެ ކަމާއި އެކަމާ ގުޅޭ ލޮޖިސްޓިކް ހުރިހާ އިންތިޒާމުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމުގެ ޔަގީންކަން  ދެ ގައުމުގެ ސަރުކާރަށްވެސް އޮތް ކަމުގައެވެ.

އެގޮތުން އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް  ދިވެހި ހާރިޖިއްޔާ އާއި އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕްގެ 4 ވަނަ ބައްދަލުވުން އިއްޔެ އިންދިޔާނެ ނިއު ދިއްލީގައި ކުރިއަށް ގެންގޮއްސައި ވާއިރު، މި ބައްދަލުމުމަށްފަހު އިންޑިޔާގެ ސަރުކާރުންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި އެ ގައުމުގެ ސަރުކާރުން ބުނެފައިވަނީ، އިންޑިއާއިން ފޯރުކޮށްދެމުންދާ އިންސާނީ ހިދުމަތްތައް ދިވެހި ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ދެގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މާޗު މަހުގެ ކުރީކޮޅު ފޮނުވާލައިފައި ވާއިރު،  ދެވަނަ ބެޗު ފޮނުވާލީ މިދިޔަ މަހުއެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ގޮތަށް އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު، ހެލިކޮޕްޓަރު ދުއްވުމާ ހަވާލުވާން އެ ގައުމުގެ މަދަނީ ބަޔަކު މިހާރު ތިބީ ރާއްޖޭގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-