-Advertisement-

-Advertisement-

މުސްލިމުންނާ ދެކޮޅަށް މޯދީގެ ތުހުމަތެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. ފޮޓޯ: ނިއުސް18

އިދިކޮޅު ފަރާތްތަކުން މުސްލިމުންނާ ގުޅި، އިންޑިއާ އަތުލަން އުޅޭކަމުގެ ތުހުމަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވައިފިއެވެ.

މޯދީ މިފަދަ ގޮތަކަށް ތުހުމަތު ކުރައްވާފައި ވަނީ ކުރިއަށްދާ އިންޑީއާގެ އާންމު އިންތިހާބާ ގުޅިގެން މޯދީ އެ ރަށަކަށް ނިސްބަތްވާ ރަށްކަމަށްވާ ގުޖުރާތުގައި ބޭއްވި ކެމްޕެއިންއެއްގައެވެ.

މި މޭރުމުން މޯދީގެ ވާހަކަފުޅުތައް ގެންގުޅުއްވުމުގެ ސަބަބުން މުސްލިމުންނަށް ހިންދޫންގެ ފަރާތުން ތަފާތު ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެކަމަށް މުރާސިލުން ބުނެއެވެ.

6 ހަފްތާގެ މުއްދަތަށް މި އިންތިހާބު ކުރިއަށްދާނެއެވެ. އިންތިހާބުގެ ވާދަވެރިކަން މިހާރު ވަނީ ވެރިކަން ކުރާ ކޯލިޝަނާއި އިދިކޮޅު ކޯލިޝަނާ ދެމެދު ވަރަށް ބޮޑުވެފައެވެ. އެގޮތުން މިހާރު އިންޑިއާގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ފެންނަނީ ވެރިކަން ކުރާ ކޯލިޝަނުން ހަތިޔާރެއްގެ ގޮތުގައި މުސްލިމުންނާ ދިމާކުރަން ފަށައިފައިވާ މަންޒަރެވެ.

މޯދީގެ ވާހަކަތަކުގެ ސަބަބުން މޯދީއަށް ތާއީދު ކުރާ މުސްލިމުންގެ އަދަދު މަދުވެގެންދާނެކަމަށް ބެލެވެއެވެ. މުސްލިމުންގެ ވޯޓަކީ މިވަގުތު އިދިކޮޅު ކޯލިޝަނަށް ވަރަށް މުހިންމު އެއްޗެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-