-Advertisement-

-Advertisement-

ހުޅުމާލޭގައި އިމާރާތް ކުރާ 4000 ފްލެޓް އަވަހަށް ނިންމުމަށް އިތުރު ފިޔަވަޅުތަކެއް އެފްޑީސީން އަޅައިފި

ހުޅުމާލޭގައި އަޅާ 4000 ހައުސިންގް ޔުނިޓްގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް ބައްލަވާލައްވަނީ. ފޮޓޯ: ފަހި ދިރިއުޅުން ކޯޕަރޭޝަން

އިންޑިއާގެ އެހީގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ހައުސިންގް ޔުނިޓްގެ މަސައްކަތް ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ނިންމުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އެފްޑީސީގެ ފަރާތުން ރޭ ކްރޮސްރޯޑްސްގައި ބޭއްވި ޙަފުލާގައެވެ. މި ޙަފުލާ އަކީ އެ ކުންފުނީގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވުނު ޙަފުލާއެކެވެ. މި ޙަފުލާގައި އެ ކުންފުނީގެ އައު ލޯގޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މި 4000 ހައުސިންގް ޔުނިޓަކީ ޖުމުލަ 22 ހައުސިންގް ޓަވަރު ހިމެނޭހެން ބިނާކުރެވޭ ހައުސިންގް ޔުނިޓްތަކެކެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް އަލިއަޅުވާލާ އެ ޙަފުލާގައި ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ކޮންމެ މަޝްރޫއެއް ވެސް އެންމެ ހަލުވި ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުމެވެ.

އިންޑިއާގެ އެހީގެ ދަށުން ކުރިއަށް ގެންދާ މި އިމާރާތްތައް ޢިމާރާތް ކުރަމުންދަނީ ޖޭއެމްސީ އަދި އެންބީސީސީގެ ޚަރަދުގެ ދަށުންނެވެ. އެގޮތުން މިއިން ކޮންމެ ކުންފުންޔަކުން ވެސް 2،000 ފްލެޓްގެ 16 ޓަވަރު އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް 227 މިލިއަން ޑޮލަރު ހުށަހަޅާފައިވެއެވެ.

މި ހައުސިންގް ޔުނިޓްތައް ނިންމުމަށް ކުރިން ހަމަޖައްސާފައިވަނީ 2025ގެ މާރިޗު މަސްކަމަށް ވިއަސް ހަމްދާން ރޭ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލުމެވެ.

ފާއިތުވި 5 މަސް ދުވަހުގެތެރޭގައި 22 ހައުސިންގް ޓަވަރުގެ 196 ސްލެބެއްގެ މަސައްކަތް ނިންމާލާފައިވާކަން ހަމްދާން ފާހަކުރެއްވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-