-Advertisement-

-Advertisement-

މިއަދު ކުޑަ ވަގުތުކޮޅަކަށް މާލެއިން ކަރަންޓު ކެނޑިދާނެ

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާތީ މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ހާމަކޮށްފިއެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވާ ވަގުތުތަކީ މިއަދުގެ ހެނދުނު 10:00އާއި 12:00އާ ދެމެދެވެ. އެއީ ހެންވޭރުގެ ދެ ސަރަހައްދަކުން ކަމަށް ވެސް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ. އެއީ ހެންވޭރުގެ މަޖީދީމަގު އަދި ދޭލިޔާހިނގުން ހިމެނޭ ސަރަހައްދެވެ.

މީގެ އިތުރުން މިއަދު މެންދުރު ފަހު 14:00އާއި 16:00އާ ދެމެދު ހެންވޭރުގެ ކުރަނގި ގޯޅި، ކުރަނގި ހަނިގޯޅި އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

ސްޓެލްކޯއިން އެކްސްގައި އިއްޔެ ކުރި ޕޯސްޓްގައި ބުނެފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގައި ދިމާވެދާނެ ހުރިހާ ދަތިތަކަށް އެ ކުންފުނިން ރައްޔިތުންގެ އަރިހުން މަޢާފަށް އެދޭކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-