-Advertisement-

-Advertisement-

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށް ޖެހިލައިފި

މި އަހަރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 17.70 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި. ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ދަށަށް ޖެހިލައިފިއެވެ.

މި އަހަރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 17.70 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް މިހާރު ޑަލަރުގެ އަގު ވެއްޓިފައި ހުރިކަމަށް ފާހަގަކުރެވެނީ 17.30 ރުފިޔާއާއި 17.65 ރުފިޔާއާ ދެމެދުގެ އަގުތަކަކަށެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ބާޒާރުގައި ޑޮލަރު ދައުރުކުރުން ވަނީ އިތުރުވެފައެވެ. ޑޮލަރުގެ އަގު ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ މިއީ ކަމުގައި އެ ފަރާތްތަކުން ލަފާކުރެއެވެ.

ބާޒާރުގައި ޑޮލަރު ދައުރުކުރުން އިތުރުވެފައިވާ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ބެލެވެނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ކުރިއަށް ވުރެ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ މީހުންގެ އަދަދު 12 އިންސައްތަ އިތުރެވެ. އެއީ އެވްރެޖުކޮށް ބަލާނަމަ ދުވާލަކަށް 6400 މީހުންނެވެ.

މީގެ 4 އަހަރު ކުރިން 2020 ވަނަ އަހަރު ރާއްޖޭގައި ޑޮލަރުގެ އަގު ދިވެހި 20 ރުފިޔާއަށް އެރިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-