-Advertisement-

-Advertisement-

ލިސްޓަށް އުނި އިތުރު ނުގެނެސް ފްލްޓް ހަވާލުކުރަން އަންގަނީ!

މަޖިލިސް

ފާއިތުވި ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ކަމަށް އޭރުގެ ސަރުކާރުން ނިންމައި އާންމު ކުރި ލިސްޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް އެ ލިސްޓްގައި ވާގޮތަށް ފްލެޓްތައް ހަވާލުކުރަން ސަރުކާރަށް އެނގުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.

ފްލެޓްތަކާ ގުޅިގެން އާންމު ފަރާތްތަކުން ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 29 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ހަވާލުކުރި ފަރާތްތަކުގެ ލިސްޓުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައި އެ ލިސްޓުތައް މުރަޖަޢާ ކުރަން ވަނީ ފަށައިފައެވެ. އަދި އޭރު އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ފްލެޓްތައް ދިނުން މަޑު ޖައްސައިލުމަށްވެސް ހައުސިންގ މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.

މިކަމާއި ގުޅިގެން ފްލެޓް ލިބުނު ގިނަ އާންމު ފަރުދުން ވަނީ، ހައުސިންގް މިނިސްޓްރީއަށާއި އޭސީސީ އޮފީހަށް އެއްވެ އިހުތިޖާޖްވެސް ކޮށްފައެވެ.

އޭސީސީގެ ތަހުގީގަށްފަހު ނިންމީ އެ ލިސްޓުން ޝަރުތު ހަމަވަނީ އެންމެ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ. އެގޮތުން އެ ލިސްޓުން 59.6 އިންސައްތަ ފޯމުތަކުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި އިރު، އެ ފްލެޓުތައް ހަވާލުކުރާނީ ލިސްޓުތައް މުތާލިއާ ކުރުމަށްފަހުގައި ކަމަށް މިހާރުގެ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވެސް ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި ފްލެޓަށް 21،000 މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކުރީ ސަރުކާރުން ކަނޑައަޅާފައެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-