-Advertisement-

-Advertisement-

ޖޫން މަހުން ފެށިގެން ރާއްޖެއަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ – މެޓް

ވާރޭ ވެހި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި --

ފާއިތުވި އަހަރުތަކާ އަޅާބަލާފައި މި އަހަރު ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ލަފާކޮށްފިއެވެ.

އެގޮތުން އެ މުއްދަތުގައި މި އަހަރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ 110 އިންސައްތަ އިތުރަށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

އެހެންނަމަވެސް ރާއްޖޭގެ ދެކުނަށް ވާރޭ ވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ ވަދުންކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން އިތުރަށް ހާމަކުރީ މި ދުވަސްވަރަކީ ރާއްޖޭގައި ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މައްޗަށް އަދި ދަށަށް ދާނެ ދުވަސްވަރެއްކަމަށް ލަފާކުރެވޭކަމަށެވެ.

ދުނިޔޭގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ އެޕްރީލް މަހަކީ މިހާތަނަށް ދުނިޔެ ތަޖުރިބާ ކުރި އެންމެ ހޫނު މަހެވެ. ދިވެހިރާއްޖެއަށް ވެސް ވަނީ މި ކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބިލާއި ފެން ބިލް އެހެން މަސްމަހަށް ވުރެ ބޮޑުވިކަމުގެ ކަންބޮޑުވުން އާންމުން ދަނީ ފާޅުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-