-Advertisement-

-Advertisement-

އޭސީސީގެ ރިޕޯޓު ބޮލާލައި ޖަހައިފިނަމަ ގިނަ ބައެއްގެ ޙައްޤު ގެއްލޭނެ – ސަރުކާރު

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނިމިދިޔަ ސަރުކާރުގައި ދޫކުރި ފްލެޓްތަކާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ ރިޕޯޓު “ބޮލާލައި ޖަހައިފި” ނަމަ ވަރަށް ގިނަ ރައްޔިތުންގެ ޙައްޤު ގެއްލޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ރައީސް ޞާލިހުގެ ސަރުކާރުގައި ފެށި ސްކީމެކެވެ. މި ސްކީމްގެ ދަށުން 4000 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް މި ފްލެޓްތައް ދޫކުރުން ދިގުމުއްދަތަކަށް ދެމިގެންދާތީ ކަންބޮޑުވުން ފާޅުކޮށް އާންމުންގެ މީހަކު ވަނީ މަޖިލީހަށް ސިޓީއެއް ހުށަހަޅާފައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލިބެލުމުން އެނގޭ ގޮތުގައި މިދިޔަ ސަރުކާރުން ވަނީ ފްލެޓްތައް ދޫކުރުމުގައި ގޯސްތަކެއް ހަދާފައެވެ. އެގޮތުން ޝަރުތު ހަމަނުވާ ފަރާތްތަކަށް ފްލެޓް ދިނުން ހިމެނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ފްލެޓް ލިބުނު 60 އިންސައްތަ މީހުނަކީ ޝަރުތު ހަމަނުވާ މީހުނެވެ.

ފްލެޓް ދޫކުރުމާ ގުޅިގެން ޚިލާފުތަކެއް އުފެދިފައިވީ ނަމަވެސް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ މިހާރު ނެރެފައިވާ ލިސްޓްގައިވާ ގޮތަށް ފްލެތް ދޫކުރުމަށް ސަރުކާރަށް އަންގަން ފާސްކޮށްފައެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާ ހާމަކުރެއްވީ ފްލެޓު ލިސްޓާ ގުޅޭ ގޮތުން ކަންބޮޑުވާން ޖެހޭފަދަ ކަންކަން އެބަހުރިކަމަށެވެ.

އެއްވެސް ރައްޔިތެއްގެ ޙައްޤު ގެއްލޭ ފަދަ ގޮތަކަށް ކަންތައް ކުރެއްވިދާނެކަމުގެ ކަންބޮޑުވުން ސަރުކާރުން ގެންގުޅޭކަމަށް ހީނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-