-Advertisement-

-Advertisement-

ވޯލްޑް ޓްރެވަލްސް އެވޯޑްސްގެ ޝަަރަފްވެރި އެވޯޑުތަކެއް ރާއްޖެއަށް!

ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގެ ޝަރަފްވެރި އެވޯޑުތަކެއް ރާއްޖެއަށް ލިބުން

ވޯލްޑް ޓްރެވަލް އެވޯޑްސް – އިންޑިއަން އޯޝަން ކެޓަގަރީން އަރަބިއަން ޓްރެވަލް މާކެޓް 2024ގެ ޝަރަފްވެރި އެވޯޑުތަކެއް ރާއްޖެއިން ޙާސިލްކޮށްފިއެވެ.

އެގޮތުން މުހިންމު 4 ކެޓެގަރީއަކުން ރާއްޖެއަށް އެވޯޑް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެއީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2024، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2024، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2024 އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2024އެވެ.

މި އަހަރުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް ވިނާސް ހަބްގައެވެ. ރާއްޖެއިން އިއްޒަތްތެރި ފަރާތްތަކެއް ވަނީ މި ހަފްލާ ޝަރަފުވެރިކޮށްދެއްވާފައެވެ. އޭގެތެރޭގައި މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އިބްރާހީމް ފައިޞަލާއި، އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަރޕަރސަން އަލްފާޟިލާ އައިޝާ ނޫރައިން ޖަނާޙާއި، އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު ތައުފީޤް އަދި ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭ އެޑްވައިޒަރު އަލްފާޟިލް މުޙައްމަދު ޚަލީލް ހިމެނިވަޑައިގަންނަވައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރު އުފެދިގެން އައި އެވޯޑެކެވެ. އަދި މިހާރު މި އެވޯޑު ވަނީ ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯދާފައެވެ.

މި އެވޯޑްތަކަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖެ މަގުބޫލު ތަނަކަށް ހެދުމަށް ވަރަށް މުހިންމު އެވޯޑުތަކެއް ކަމުގައި ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-