ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
39 އަހަރަށް ވުރެ ގިނަ ދުވަހުގެ ޚިދުމަތަށްފަހު އުމުރުން 60 އަހަރު ފުރިވަޑައިގެން މިދޔަ އޭޕްރީލް 17ގައި ޝަރަފްވެރިކަމާއެކު ސިފައިންގެ ޚިދުމަތުން އަބްދުއްރަހީމް ވަނީ، ޜިޓަޔަރ ވެ ވަޑައިގެންފައެވެ.
ސަފީރަކަށް އައްޔަން ކުރެއްވުމަށް ނިންމި ނަމަވެސް އެ މަގާމު ލިބިވަޑައިގަންނަވާނީ އަބްދުއްރަހީމް ގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވައި އެ ބޭފުޅާ އެ މަޤާމަށް އައްޔަން ކުރުމަށް މަޖިލުހުން ރުހުން ދިނުމުންނެވެ.
ކުރިން ޑެޕިއުޓީ ޗީފަކަށް ހުންނެވި ޢަބްދުއްރަޙީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހުގައެވެ.
ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ފުރަތަމަ ފަހަރަށް ގާއިމުކުރުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށްފަހުއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއާއި ތުރުކީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ.