ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި މީހަކަ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދި ހެނދުނުގެ ވަގުތެއްގައި އެއާޕޯޓުގައި މަރާމާރީ ހިންގި މައްސަލައެއް ރިޕޯޓުކޮށްގެން އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ވީއައިއޭ ޓާމިނަލްގެ ޗެކިން ކައުންޓަރު ސަރަހައްދުގައި އެ މީހާ، މާރާމާރީ ހިންގާ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ މީހަކަށް ހަމަލާ ދީފައެވެ.
އޭނާ ހުއްޓުވަން ބައެއް މީހުން މަސައްކަތްކުރާ ތަންވެސް ވީޑިއޯއިން ފެނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.