-Advertisement-

-Advertisement-

ނަޝީދުއަށް ދިން ހަމަލާގެ އިންކުއަރީ އަލުން ހަދައިފިނަމަ އިތުރު ކަންކަން އެނގޭނެ – އާދަމް ޝަރީފް

މިނިސްޓަރ އާދަމް ޝަރީފް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ އަލުން ހަދައިފިނަމަ ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން އެނގިގެންދާނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް އިއްޔެ ތިން އަހަރު ފުރިފައިވާއިރު، އެކަމާއި ގުޅިގެން މިނިސްޓަރ ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލުގެ 241 ކޮމެޓިން އެ މައްސަލަ ބެލުމަށް 100ށް ވުރެ ގިނަ ބައްދަލުވުން ބޭއްވުމަށް ފަހުވެސް އެ މައްސަލައިގެ އިންކުއަރީން ދެނެގަންނަން ބޭނުންވި އެންމެ މުހިއްމު ކަންކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެގޮތުން މީގެ 10 އަހަރު ފަހުން ނަމަވެސް އެ އިންކުއަރީ އަލުން ހަދައިފި ނަމަ އެ ދުވަހު ދެނެ ނުގަނެވުނު ވަރަށް ގިނަ ކަންކަން ދެނެގަނެވޭނެކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެފަދަ ހާދިސާއެއް އެއްވެސް އިންސާނަކަށް ކުރިމަތިވުމަށް އެދިވަޑައި ނުގަންނަވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝަރީފް ވިދާޅުވީ،  އެ ދުވަހު އެ ހަމަލާ ކުށްވެރި ކުރި ފަދައިން މިއަދު ވެސް އެ ހަމަލާ ކުށްވެރި ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރުގެ ޕޯސްޓްގައި ވަނީ، ނަޝީދަށް އިންސާފު ހޯދައިދިނުމަށް ބައެއް މަޖިލިސް މެމްބަރުން ރެޔާއި ދުވާލު ކުރެއްވި މަސައްކަތްތަކުގެ ހަނދާން ވަރަށް ބޮޑަށް އާވާ ކަމަށެވެ.

އަދި ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރެއްވުމަށް އޭޑީކޭ ގެ ޑޮކްޓަރުން ކުރެއްވި ކުޅާދާނަ މަސައްކަތް ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ ސާބަސް ދެއްވަވާފައެވެ.

މޭ 6 ހަމަލާއާ ގުޅިގެން ތައްޔާރުކުރި 271 ސޮފްހާގެ އިންކުއަރީ ރިޕޯޓުގައި ވަނީ ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާދެވުނު ދުވަހާއި އަދި އޭގެ ފަހުން ހިނގާދިޔަ ކަންކަން ތަފްސީލީ ގޮތެއްގައި ހާމަކޮށްފަ އެވެ. 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 45 ރެކަމެންޑޭޝަނެއް ހުށަހަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-