-Advertisement-

-Advertisement-

ގަދަކަމުން ކުޑަކުއްޖަކަށް އެންޓިބައޮޓިކްސް ދޭން އުޅުނުކަމަށް ކުރި ތުހުމަތު އައިޖީއެމްއެޗުން ދޮގުކޮށްފި

އައިޖީއެމްއެޗް ހޮސްޕިޓަލް

އައިޖީއެމްއެޗުގައި އުފަންވި ތުއްތު ކުއްޖަކަށް އެންޓިބަޔޮޓިކްސް ދޭން އުޅުނުކަމަށް ބުނެ ކާކުކަން ނޭނގޭ ގޮތަށް ސޯޝަލް މީޑިއާގައި މީހަކު ކުރި ތުހުމަތު އައިޖީއެމްއެޗުން ދޮގުކޮށްފިއެވެ.

ކާކުކަން ނޭނގޭ ގޮތަށް މީހަކު މި ވާހަކަ އާންމުކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެ މީހާ ބުނެފައިވާ ގޮތުގައި ތުއްތު ކުއްޖާގެ ލޭގެ ޓެސްޓްތަކުން އެ ކުއްޖާގެ އެއްވެސް އިންފެކްޝަނެއް ނެތްކަން ހާމަވާން ހުރި އިރު ވެސް ނޭވާލުން އަވަސް ކަމަށް ބުނެ އެ ކުއްޖާއަށް އެންޓިބަޔޮޓިކްސް ދޭން އައިޖީއެމްއެޗުން ވަނީ މަސައްކަތްކޮށްފައެވެ. އާއިލާގެ ފަރާތުން ކުއްޖާގެ މަންމަ މި ކަމަށް އިންކާރު ކުރިކަމަށް އެ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް ކަމާ ބެހޭ އިދާރާއަށް އެ މައްސަލަ ރިޕޯޓު ކުރާނެކަމުގެ އިންޒާރު ޑޮކްޓަރު ދިންކަމަށް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ކުއްޖާގެ ހަކުރު ހުރިކަމަށް ބުނެ ކުއްޖާ ނާސަރީއަށް ލީ ކަމަށް ވެސް އޭނާ ބުންޔެވެ.

އައިޖީއެމްއެޗުން މި ކަމާ ގުޅިގެން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އޭގައި ބުނެފައިވާ ގޮތުގައި އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެކެވެ. އަދި އެ ފަދަ ވާހަކަތަކެއް ދައުރުވަމުން ދާތީ ހިތާމަކުރާކަމަށް ވެސް ބުނެފައިވެއެވެ. އައިޖީއެމްއެޗުން ހާމަކުރާ ގޮތުގައި ބަލިމީހުން ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރިއަށްދާނަމަ ބަލި މީހަކަށް ނުވަތަ އެހީތެރިއަކަށް އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމުތައް އައިޖީއެމްއެޗުން ވާނީ ފަހިކޮށްދީފައެވެ. ހަމައެހެންމެ މައްސަލަތައް ހޮސްޕިޓަލުގެ ކަމާބެހޭ ފަރާތްތަކާ ހަމައަށް ގެންދިއުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅޭފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ވެސް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-