-Advertisement-

-Advertisement-

ކިއު ގަވާއިދުތަކާއި ޚިޔާފުވާ ޓެކްސީތަކަށް ފިޔަވަޅު އަޅަން ފަށައިފި

މަގުމަތީގައި ޓެކްސީ ކިއު ބޮޑުވެފައި: ފޮޓޯ/އެޑިޝަމް އެމްވީ

އިންޓަނޭޝަނަލް އެއާޕޯޓް (ވީއޭއައި) ގައި ޓެކްސީ ކިއު ހެދުމުގައި އަމަލުކުރަމަށް އެކުލަވާލައިފައިވާ ޤަވާއިދުތަކައި ޚިލާފުވަމުން އަންނަ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ފަށައިފިއެވެ.

މިކަން ހާމަކޮށް،  މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، އެއާޕޯޓަށް އަންނަ ފަސިންޖަރުން ބަލައި އަންނަ ޓެކްސީތައް ކިޔު ހެދުމުގައްޔާއި ދަތުރު ނެގުމުގައި ދިމާވަމުން އަންނަ މައްސަލަތައް ހަލު ކުރުމަށް، މިނިސްޓްރީ އާއި ފުލުހުންނާއި އެމްއޭސީއެލް ގުޅިގެން ފެށި މަސައްކަތުގެ ތެރެއިން، އެކުލަވާލެވިފައިވާ ޤަވާއިދުތަކާއި ޚިލާފުވަމުން އަންނަ ޓެކްސީތަކަށް ފިޔަވަޅު އަޅަން ފަށައިފައިވާކަމަށެވެ.

އެގޮތުން އެފަދަ މައްސަލަތަކާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ޙައްސާ ކުރެވިފައިވާ ކިއުއާރް ކޯޑު މެދުވެރިކޮށް ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށާއި ލިބެމުންދާ ޝަކުވާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމުގައެވެ.

އެހެން ކަމުން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި އެމްއޭސީއެލްގެ އެމްޑީ ހިމެނޭގޮތަށް އިއްޔެ މަޝްވަރާ ކުރެވި ޓެކްސީ މެނޭޖް ކުރާނެ ޕްލޭނެއް އިއްޔެ އެކުލަވާލައި ތަންފީޒު ކުރަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މިހާރު ފުލުހުންގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާއި މެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގެ ބައިވެރިވާ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިޔުއިން ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަނީ ގިނަ ޝަކުވާތަކެއް ލިބެމުންނެވެ.

އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތައް އަންނަނީ ގިނަވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-