މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަގާމަށް ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެއެވެ.
އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
މި މަގާމަށް މުއާޒް ހޮވިފައިވަނީ، ހުސްވެފައިވާ އެފްއޭއެމްގެ ޗެއަރޕާސަން ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް އެދި މުއާޒް އެކަނި ކުރިމަތިލައިފައި ވުމުންނެވެ.
މީގެ ކުރިން މުއާޒް ވަނީ އެފްއޭއެމްގެ ވައިސް ޗެއަރޕާސަން ގެ މަގާމުވެސް އަދާކޮށްފައެވެ. އެއީ 2015 އިން 2016 އާއި ދެމެދަށެވެ.
މުއާ މީގެކުރިން ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ.