-Advertisement-

-Advertisement-

ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވި 2 ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބު

ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ބޯން މެރޯ ހެދުމަށް ފޮނުވި 5 ކުދިންގެ ތެރެއިން 2 ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން ރޭ ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖުމްލަ 5 ކުދިން މި ދަތުރުގައި ފޮނުވާލެވިފައިވާ އިރު، އޮޕަރޭޝަން ފުރިހަމަ ކުރި 2 ކުދިންގެ ހާލަތު ރަނގަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު އެ ދެ ކުދިން ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް އަދި ރާއްޖެ ނައިސް މަޑުކުރަނީ އިތުރު އޮބްސަވޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާތީކަމަށް މިނިސްޓަރު މައުލޫމާތު ދެއްވިއެވެ.
މިހާތަނަށް އައި އިރު އޮޕަރޭޝަން ނުކުރެވި ތިބި ކުދިންގެ އޮޕަރޭޝަން ވެސް ވަރަށް އަވަހަށް ކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އަހަރު ތެރޭގައި ޖުމްލަ 10 ކުއްޖަކަށް ސަރުކާރުގެ އެހީގެ ދަށުން ބޯންމެރޯ ހެދޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގައި ބޯންމެރޯ ކްރޮސްމެޗް ޓެސްޓު ހެދުމަށް ދިވެހިންނަށް ވަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ. އެ އިރުގައި ކްރޮސްމެޗް ޓެސްޓު ހެދުމަށް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގެންދަންޖެހެއެވެ. އެހެންނަމަވެސް ރައީސްގެ އިސްނެންގެވުމުގެ މަތިން މި މައްސަލަ ހައްލުކުރައްވާ ރާއްޖޭގައި ތިބެގެން ބޯންމެރޯ ކްރޮސްމެޗް ޓެސްޓު ހެދޭނެ އިންތިޒާމު މި ވަނީ ހަމަޖައްސަވާދެއްވާފައެވެ.

މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ޖުމްލަ 13 ފަރާތަކުން ބޯންމެރޯ ކްރޮސްމެޗް ޓެސްޓު ހަދާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މަނިކުފާނު ފާހަގަކުރައްވާ ގޮތުގައި މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-