-Advertisement-

-Advertisement-

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޮނުވާލައިފި

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު މިހާރު އެ މީހުންގެ ގައުމަށް ފޮނުވާލެވިފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މި ކަން ސަރުކާރުން ކަށަވަރުކޮށްދީފައިވަނީ ރޭގައެވެ. ހަމައެހެންމެ އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖެއިސްވާލް ވެސް ވަނީ މި ކަން ބޭރުގެ ނޫސްތަކަށް ކަށަވަރުކޮށްދީފައެވެ.

މީގެ ކުރިން ރާއްޖެއާއި އިންޑިއާއާ ދެމެދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް އެއްވަސްވުމެއް ހެދިފައެވެ. އެ އެއްބަސްވުމުގައި ވާގޮތުން މިއަދުގެ ކުރިން އިންޑިއާ ސިފައިންގެ ހުރިހާ ސިފައިން ފުރާނެއެވެ. މި މަސައްކަތް ރައީސް ފެއްޓެވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވެ.

އެންމެ ފަހުން އިންޑިއާ ސިފައިންގެ ގުރޫޕެއް ފޮނުވާލެވިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ދުވަހު 51 އިންޑިއާ ސިފައިން ފޮނުވާލެވުނު ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އޭރު ހާމަކުރެއްވިއެވެ.

ރާއްޖޭގައި ޖުމްލަ ތިން ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ގާއިމުވެ ތިބިކަން ފާހަގަކޮށްލެވެއެވެ. ދެ ފަހަރެއްގެ މަތިން މީގެ ކުރިން ވަނީ މީގެ ތެރެއިން ދެ ޕްލެޓްފޯމެއްގެ މީހުން ފޮނުވާލެވިފައެވެ. އިއްޔެ ފޮނުވާލެވިފައި ވަނީ އެންމެ ފަހު ޕްލެޓްފޯމުގެ މީހުނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-