-Advertisement-

-Advertisement-

ޑްރަގާއެކު ހުޅުމާލެއިން ދިވެހިންތަކެއް ހައްޔަރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް – ފޮޓޯ: ދި އެޑިޝަން

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަތް ފިރިހެނަކާއި އެއް އަންހެނަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް ފުލުހުން ދިން މައުލޫމާތުގައި 8 ދިވެއްސަކު ހައްޔަރުކުރިކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނާއި އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސައެއް ނުކުރެއެވެ.

މި މީހުން ހައްޔުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-