-Advertisement-

-Advertisement-

އިންޑިއާއަށް ބަދުބަސް ބުނުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ދެއްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު. ފޮޓޯ: އެކެސް ޕޯސްޓް/@MoosaZameer

ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ މެންބަރުންތަކެއް އިންޑިއާއަށާއި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްވާ ގޮތަށް ބަދުބަސް ބުނި މައްސަލަ ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ދެއްވައިފިއެވެ.

މިނިސްޓަރު މި ގޮތަށް ވިދާޅުވެފައިވަނީ އެ މަނިކުފާނު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ މީޑިއާއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވާ މެންބަރުންތަކެއް އިންޑިއާއަށާއި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޚިޔާލުތަކަކީ ދިވެހި ސަރުކާރުގެ ވިސްނުން ނޫންކަމަށެވެ. އަދި މި ޢަމަލު ތަކުރާރުވިޔަ ނުދިނުމަށް މިހާރު ވަނީ ފިޔަވަޅުތަކެއް އެޅިފައިކަމަށް ވެސް އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވިއެވެ.

ލަކްޝަދީޕްގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓަށް ރާއްޖެއިން ބޭ އަދަބީކޮށް ކޮމެންޓް ކުރައްވާފައިވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރެކެވެ. އެއީ އަބްދުﷲ މަހްޒޫމް މާޖިދާއި މަރިޔަމް ޝިއުނާ އަދި މަލްޝާ ޝަރީފެވެ. މި ޢަމަލާ ގުޅިގެން މި ތިން މިނިސްޓަރުން އޭރު ސަސްޕެންޑް ވެސް ކުރިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވިދާޅުވާ ގޮތުގައި ދެ ގައުމުން ވެސް އެއް ވިސްނުކަމަށް އައުމަކީ ދެ ގައުމުގެ ދެމެދުގައި މަސްލަހަތު ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-