-Advertisement-

-Advertisement-

ދައުލަތަށް ލިބެންޖެހޭ 700 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެކި ފަރާތްތަކުން ނުދައްކާ ހުރި 700 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މީރާއިން އާންމުކުރި 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ 797.8 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.

އޭގެ ތެރޭގައި ޑަނިންގް ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން މި ކުއާޓަރުގައި 488.8 މިލިއަން ރުފިޔާ ހޯދައިފައިވާއިރު، ޑިއުސް ކްލިއަރެންސް ކޮށްގެން 227.9 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދައިފައެވެ. އަދި އެކައުންޓް ފްރީޒްކޮށްގެން 43.3 މިލިއަން ރުފިޔާގެ އިތުރުން ހަނދާންކޮށްދީގެން 12.5 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީރާއިން ހާމަކުރި ގޮތުގައި ޓެކްސް ބަޔާން ހުށަނާޅާތީ ފުރަތަމަ ކުއާޓަރުގައި 9،244 ފަރާތަކަށް އަދި ޓެކްސް ނުދައްކާތީ 5،860 ފަރާތަކަށް ފައިނަލް ނޯޓިސް ހަވާލުކޮށްފައިވެ އެވެ.

މީގެ އިތުރުން އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ފައިސާ ދެއްކުމުގެ ފުރުސަތު 231 ފަރާތަކަށް ދީފައިވާ ކަމަށާއި އެއީ ޖުމްލަ 502 މިލިއަން ރުފިޔާ ކަމަށް މީރާއިން ހާމަކުރެއެވެ..

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-