-Advertisement-

-Advertisement-

އެސްއީޒެޑްގެ ބޮޑު ދެ މަޝްރޫއެއް ޑުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފި

އެސްއީޒެޑްގެ ބޮޑު ދެ މަޝްރޫއެއް ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ މީރުމާ ހޮޓެލްގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ. އަދި އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްދެއްވީ މާޓިން ޕެޑަސަންއެވެ. މާޓިން އަކީ އެ ކުންފުނީގެ ޗެއާމަނެވެ.

ރާއްޖެއިން އެ ކުންފުންޔާ ހަވާލު ކުރީ މާލެ ކައިރީ އޮތް ފުނަދޫގައި ތަރައްގީ ކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ތަރައްގީ ކުރުމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ގާއިމުކުރަން ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް، ފައިނޭޝަލް އަދި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތަކެކެވެ. އަދި އިހަވަންދިއްޕޮޅުގައި މީހުން ދިރިއުޅުމަށް ޚާއްޞަކޮށް 2500 އަކަފޫޓުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މިހާތަނަށް އައި އިރު ޗައިނާ، ޖަރުމަނު، ސްވިޒަލެންޑު، ސްޕެއިން އަދި ސީޝެލްސް ފަދަ ޤައުމުތަކުގައި މި ކުންފުނީގެ މަޝްރޫޢުތައް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެ ކުންފުނިން އާންމުކޮށް ދޭ ޚިދުމަތްތަކުގެ ތެރޭގައި ބޭންކިންއާއި އިންޝުއަރެންސާއި ކޮމާޝަލް ރިއަލް އެސްޓޭޓާއި ކޯޕަރޭޓް ޓްރެއިނިން ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-