-Advertisement-

-Advertisement-

ކެފޭއަކުން ލީކުވި ދުމުގެ އަސަރުކޮށް 7 މީހަކަށް ފަރުވާދެނީ

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާލޭގެ ކެފޭއެއްގެ ދުން ހޮޅިން ލީކުވި ދުމުގެ އަސަރުކޮށް 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ދުން ހޮޅިން ދުން ލީކުވުމުގެ ސަބަބުން އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާކަމަށެވެ.

މިއަދު ފަތިހު 05:50 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި މި ހާދިސާގައި ދުމުގެ އަސަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ މީހަކާއި، ސްރީލަންކާ މީހެއްގެ އިތުރުން، ބަންގްލަދޭޝްގެ ދެ މީހުން އަދި ނޭޕާލްގެ ތިން މީހުން ކަމަށް ފުލުހުން ބުނެއެވެ.

ގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން އެކަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-