-Advertisement-

-Advertisement-

މިއަހަރުގެ މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރޭ އަތުލައިގަތް މަސްތުވާތަކެތި ފުލުހުން ބަލަނީ. ފޮޓޯ. މިހާރު

އެކި އެކި އޮޕަރޭޝަންތަކުގައި މި އަހަރުގެ މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ނާފިޒު ވިދާޅުވީ، ފުލުހުން ހިންގި 56 އޮޕަރޭޝަނަކުން މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައި ވާކަމަށެވެ.

އެގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 104 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ވިދާޅުވެ ނާފިޒު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 257 މައްސަލައެއް ތަހުގީގުކޮށް 95 މައްސަލައެއް ޕީޖީއަށް ހުށަހަޅާފައިވާނެކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި، މިއަހަރުގެ މިހާތަނަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ބައެއް ތަފާސްހިސާބުތައްވެސް ހިއްސާކޮށްފައިވާއިރު،  މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި މިއަހަރު 260 ދިވެހިންނާއި 16 ބިދޭސީން ހައްޔަރުކޮށް، ފަސް ޑްރަގު ކާޓެލް ހައްޔަރުކޮށްފައިވާ ކަމަށް ނާފިޒު ވިދާޅުވިއެވެ.

އަދި މި އޮޕަރޭޝަންތަކުގައި 13 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-