މި އަހަރު ފެށޭ ދިރާސީ އާ އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލުތަކެއް އޭސީކުރަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ އިތުރުން ދިރާސީ އާ އަހަރު ތައުލީމީ ނިޒާމަށް އެދެވޭ ބަދަލުތަކެއް ގެނައުމަށް ގިނަ ޕްރޮޖެކްޓްތަކެއް ރޭވިފައިވާކަމަށް އެ ޕޯސްޓްގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެގޮތުން ގިނަ އަދަދެއްގެ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މުދައްރިސުން ތަމްރީނުކުރުމާއި މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ދިރާސީ އާ އަހަރު ފެށުމާއެކީގައި ކުރިއަށްދާނެ ކަމަށެވެ.
ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫޢާ ގުޅިގެން ޝަފީއު ވިދާޅުވީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމާލާނެކަމަށެވެ. އަދި މި މަސައްކަތް އިފްތިތާހު ކުރުން އޮތީ މި މަހުގެ ފަހުކޮޅުގައިކަން ވެސް ޝަފީއު ފާހަގަކުރެއްވިއެވެ.
2024 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަމުން ކިޔަވަމުން ގެންދަނީ އާދަޔާ ހިލާފަށް ހޫނު ގަދަ ކުލާސްތަކެއްގައެވެ.