-Advertisement-

-Advertisement-

އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގެ މުހުލަތު އިތުރުކޮށްދީފި

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އާއި އިންޑިއާގެ ފޮރިން މިނިސްޓަރ. – ފޮޓޯ: ފޮރިން މިނިސްޓަރ މޫސާ ޒަމީރު / އެކްސް

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން މި މަހު ދައްކަން ހަމަޖެހިފައިވާ 50 މިލިއަން ޑޮލަރު ދެއްކުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު މުހުލަތެއް ދީފިއެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދަރަނި އަދާކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އެގޮތުން ފޮރިން މިނިސްޓަރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މި ލޯނު ދެއްކުމަށް މިހާރު ވަނީ އިތުރު 1 އަހަރުގެ މުހުލަތެއް ހަމަޖައްސައިދީފައެވެ. މީގެ ކުރިން ހަމަޖެހިފައިވާ ގޮތުން ނަމަ މި ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ މި ހިނގާ މޭ މަހުގެ ތެރޭގައެވެ.

ދަރަނި ދެއްކުމުގައި ލިބިގެންދިޔަ ލުޔާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންޑިއާއިން ދެމުން ގެންދާ ލުއިތައް ފާހަގަކޮށް އެކަމަށް ޝުކުރުއަދާކޮށްފައެވެ. ހަމައެހެންމެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކާއި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކެއް އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައެވެއެވެ.

ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި މިދިޔަ ޖަނަވަރީ މަހު ވެސް ވަނީ އިންޑިއާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދެއް ދައްކާފައެވެ. އެއަށް ފަހު ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު އިންޑިއާއަށް ދައްކަން އެބަ އޮތެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-