-Advertisement-

-Advertisement-

ބަންޑާރަކޮށިން މަރުވެފައި އޮއްވައި ފެނުން މީހާގެ ޕޯސްޓް މޯޓަމް ހަދަނީ

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ސީންގައި ފުލުހުން ހަރަކާތްތެރި ވަނީ

ބަންޑާރަ ކޮށީގެ އެޕާޓުމެންޓެއްގެ ތެރޭގައި ނިޔާވެ ކުނިވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓުމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ މީހާ ފެނިފައިވަނީ،  ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުންނެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވައި ފެނުނު މީހާ ފެނުން އެޕާޓްމެންޓަކީ، އެއްވެސް ބަޔަކު ދިރިނޫޅޭ، ހުސްކޮށްފައިވާ އެޕާޓްމެންޓެއް ކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އާންމުކޮށް ފެންނަ ގޮތް ނޭނގޭ މަރުތަކުގައި އެ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ނުވަތަ ޝައްކު އުފެދޭ މަރުތަކުގައިވެސް މަރުވި ސަބަބު ދެނެގަތުމަށް ފުލުހުން ޕޯސްޓު މޯޓަމް ހަދައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-