-Advertisement-

-Advertisement-

ބިން ހިއްކުމުގެ މަޝްރޫއުތައް ފެށީ ގާ ހުދުވާނަމަ ހުއްޓާލާލެވޭ ގޮތަށް: ޠާރިޤް

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން / ފޮޓޯ: އެޗްޑީސީ

އެކި އެކި މަޝްރޫޢުތަކަށް ފަޅު ފުންކުރުމާއި ބިން ހުއްކުމުގެ މަޝްރޫއުތަކަށް އެއްބަސްވުންތައް ހެދިފައި ވާނީ މަޝްރޫއުތައް ފަށާ ފަހުން ގާ ހުދުވުން ފަދަ މައްސަލަތައް ދިމާވެއްޖެ ނަމަ ހުއްޓާލެވޭ ގޮތަށް ކަމުގައި، އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަ ދިމާވަމުން ދާތީ، ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް މަޑުޖައްސާލުމަށް މެރިން ރިސާޗް އިންސްޓިޓިއުޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އަންގައިފައެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ދުނިޔެ ހޫނުވަމުންދާތީ މިއަހަރުގެ ތެރޭގައި ގާ ހުދުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާނެ ކަމަށް ސައިންސްވެރިން ލަފާ ފާހަގަކުރައްވާފައިވާ ކަމަށެވެ.

ވުމާއެކު ކަނޑުތަކާއި ފަރުތަކަށް ގެއްލުންވާ ގޮތަށް ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ހަދާފައި ހުންނާނީ އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ބަލައި އެފަދަ ކަމެއްގެ ވަގުތުގައި މަޝްރޫއު މަޑުޖައްސާލަންޖެހޭ ގޮތަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މިއަހަރު ފެށުނީއްސުރެ  ހުއްދަ ދީފައި ހުރި ޑްރެޖިން އެންޑް ރިކްލެމޭޝަންގެ މަސައްކަތްތަކުގައި މި ފަދަ މައްސަލަތައް ދިމާވާނަމަ މަސައްކަތް އަލުން ތާވަލް ކުރަން ޖެހޭނެ ކަމަށް އީޕީއޭއިން މަސައްކަތަށް ދިން ހުއްދައިގައި ބުނެފައިވެއެވެ.

އެގޮތުން  ގާ ހުދުވުމުގެ ޕީކް ދުވަސްވަރު ނިމެންދެން މަސައްކަތްތައް ހުއްޓާލުމަށް ކުންފުނިތަކަށް މިހާރު އަންގައިފައި ވާނެކަން ހަމަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން އެކަމުގައި އެއްބާރުލުންވެސް ލިބޭ ކަމަށެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓާއި އީޕީއޭ އިން ބުނާ ގޮތުގައި ފަރުތަކުގައި ހުންނަ ގާ ހުދުވުމަކީ ދިވެހިންގެ ދިރިއުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާނެ ކަންތައްތަކަކަށްވާތީ ގާ ހުދުވުމުން ފަރުތަކަށް ދިމާވެދާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރަންޖެހެއެވެ. ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ކަމަށްވާތީ ގާ ހުދުވުމަށް ދިމާވާ ސަބަބުތަކާ ދުރުވާންޖެހޭ ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-