-Advertisement-

-Advertisement-

ކެއުމަށް ގެނެވޭ ރަނަގަޅު ބަދަލުތަކާއި އެކު ހަށިގަނޑަށް އިތުރު އުނދަގޫ ވަނީ ކީއްވެ؟

ރަނގަޅަށް ކެއުމަކީ އަހަރުމެން އެންމެންވެސް ދެކޭ ހުވަފެނެކެވެ. ލުއިކާނާގެ ސެކްޝަން އިން ނިކުމެ ރަނގަޅު ކާނާ ތައްޔާރުކޮށް ކާން ފެށުމުން ރަނގަޅު ބަދަލުތައް ތިމާގެ ހަށިގަނޑާއި ދިރިއުޅުމަށް އަންނާނެކަމަށް ދެކުމަކީ އެކަން ވާނެގޮތެވެ. އެކަމަކު، ކެއުމަށް ގެނެވޭ ރަނގަޅު ބަދަލުތަކާއި އެކުވެސް މީހާގެ ހަށިގަނޑު ލޮޑުވެ، ގޭސްޓްރައިޓްސްގެ އުނދަގޫ ވުމާއި އަދި މޫޑް ސަކަރާތްވެފައި ހުރުމަކީވެސް ވެދާނެ ކަމެކެވެ.

ހަނދާނުގައި ބަހައްޓަންވީ ކަމަކީ މިފަދަ ކަންކަން ދިމާވުމަކީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް ކަމެވެ. އަދި މިގޮތަށް މިކަން ދިމާވުމަކީ ވަގުތީ ކަމެއްކަމެވެ. ގިނަ ޑޮކްޓަރުން އެއްބަސްވާ ގޮތުގައި ކެއުމަށް ބޮޑެތި ބަދަލުތައް އަންނައިރު ކުޑަ ދުވަސްކޮޅަކަށް މީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުންވެސް ތަފާތު ތަކެއް އާދެއެވެ. އެހެންކަމުން، ކަންބޮޑުވި ނަމަވެސް ރަނގަޅު އާދަތަކުގައި ހިފަހައްޓައި ހިތްވަރުލައިގެން ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރުމަކީ އެންމެ ރަނގަޅުގޮތެވެ. މިފަދަ ބަދަލުތައް ހަށިގަނޑަށް އަންނަ މައިގަނޑު ސަބަބުތަކަކީ:

1. ކެއުމުގައި ހަކުރު އެކުލެވޭ މިންވަރު ކުޑަވުން
ކޮންމެ ދުވަހެއްގެ ކެއުމުގައި ގިނަ އަދަދަކަށް ހަކުރު ބޭނުންކުރުމަށްފަހު ކުއްލިއަކަށް ހަކުރު މަދުކުރުމަށް ގެނެވޭ ބަދަލަކުން ހަށިގަނޑަށް އަސަރު ކުރާނެއެވެ. ހަކުރު މަދުކުރުމަކީ ރަނގަޅު ކަމެއްކަމުގައިވިޔަސް، ކުއްލިއަކަށް މިގޮތަށް ގެނެވޭ ބަދަލަށް ހަށިގަނޑު ހޭނުމަށް ވަގުތުކޮޅެއް ނަގާނެއެވެ.

2. ކެއުމުގައި ގިނަ އަދަދަކަށް ފަތްޕިލާވެލީގެ ބާވަތްތައް ހިމެނުން
އާންމުކޮށް ކެއުމުގައި ގިނަވައްތަރުތައް ހިމެނިފައިވުމަށްފަހު، މިސާލަކަށް މަހުގެ ބާވަތްތައް ގިނައިން ބޭނުންކުރާ ފަރާތްތައް މިފަދަ ޑައިޓަކަށް ބަދަލުކުރުމުން ހަށިގަނޑަށް ބޮޑެތި ބަދަލުތައ އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ބޮޑު ބަދަލަކާއިއެކު ހަށިގަނޑުގެ މަސައްކަތް ކުރަމުން އައިގޮތް ބަދަލުވެގެންދާތީއެވެ.

3. ޑީކެފް އަށް ބަދަލުކުރުން
ވަރަށް ގިނައިން ކޮފީ ބޯމީހަކު ކުއްލިއަކަށް ހުއްޓާލުން ނުވަތަ ޑީކެފް އަށް ބަދަލުކުރުމުގެ ސަބަބުން އެމީހެއްގެ ފަރާތުން ކެފެއިން ވިތްޑްރޯވަލްގެ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މީގައި މުހިއްމު ކަމަކީ ކުއްލިއަކަށް ހުއްޓާލުން ނުވަތަ ބަދަލު ކުރުމުގެ ބަދަލުގައި މަޑުމަޑުން މިފަދަ އާދަތަކަށް ހަށިގަނޑު ހޭނޭނެހެން ވަގުތު ދީގެން މަދުުރުމެވެ.

4. ކާބޯހައިޑްރޭޓްސް މަދުވުން
ވަރަށް ގިނަ ޑައިޓްކުރާ ފަރާތްތަކުން ކާބޯހައިޑްރޭޓްސް ބޭނުންނުކުރުން ހުއްޓާލުން ނުވަތަ ވަރަށް މަދުކޮށްލުމަކީ އަހަރުމެންގެ ތެރޭގައި އާންމުކަމެކެވެ. ނަމަވެސް، ކާބޯހައިޑްރޭޓްސް އަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާއަކަށްވެފައި، ކެއުމުގައި ކޮންމެވެސް މިންވަރެއް ނުހިމެނޭނަމަ، އޭގެ އަސަރު ހަށިގަނޑުން ފެންނާނެއެވެ.

5. ފައިބަރ ހިމެނޭ ކާނާ ގިނައިން ކެއުން
ކުއްލިއަކަށް ފައިބަރ އެކުލެވޭ ކާނާ ގިނަވެއްޖެނަމަ އޭގެ ސަބަބުން ގޭސްގެ އުނދަގޫވުމާއި، ބަނޑު ފުއްޕުން ފަދަ ކަންކަން ދިމާވެއެވެ. އެކަމަކު ފައިބަރ އެކުލެވޭ ކާނާ އަކީ ވެސް ހަށިގަނޑަށް ކޮންމެހެން ބޭނުންވާ އަދި ފައިދާހުރި މާއްދާއެކެވެ. ވީމާ، މުހިންމީ ރަނގަޅު މިންވަރަކަށް މިތަކެތި ކެއުމަށް ސަމާލުވުމެވެ.

އިންސްޓިޓިއުޝަން ފޯރ އިންޓަގްރިޓިވް ނިއުޓްރިޝަންގެ ޑޮކްޓަރުންގެ ޓީމުން ލަފާދެއްވަނީ، މިފަދަ ބަދަލުތައް އަންނަން ފެށުމުން އެއީ ކެއުމުގައި ގެނެވުނު ބަދަލުތަކާއި ގުޅިގެން އަންނަ އެލާރޖިކް ރިއެކްޝަން އެއް ކަމަށް ބެލެވުމަކީ ވަރަށް ގާތްކަމެކެވެ. އެކަމަކު، ހަޤީޤަތަކީ ހަށިގަނޑަށް ގެނެވޭ އެފަދަ ބޮޑު ބަދަލަކަށް ހޭނުމަށް ކުޑަ ވަގުތުކޮޅެއް ނެގުމަކީ ޤުދުރަތީ ކަމެއްކަމެވެ. ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސްތައް ކާއެއްޗެހިން ނަގައި ފޯރުކޮށްދިނުމަށް އަހަރުމެންގެ ހަޖަމު ކުރުމުގެ ނިޒާމް ބަރޯސާވަނީ އެންޒައިމްތަކާއި ހޯމޯންތަކަށެވެ. އަދި މި އެންޒައިމްތަކާއި ހޯމޯންތަކަކީ އަހަރެމެން ކާ ކާނާ އާއި ގުޅުވައި ބޭނުންވާވަރަށް ހަށިގަނޑުން އުފައްދާ އެއްޗިއްސެވެ. ވީމާ، ކުއްލިއަކަށް ހަޖަމް ކުރުމުގެ ނިޒާމަށް ލޯޑު ބޮޑުވެ އިތުރަށް އުފައްދަން ވެއްޖެ ނަމަ ނޭދެވޭ ބައެއް އަސަރުތައް ފެނުމަކީ ވެދާނެކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-