-Advertisement-

-Advertisement-

މާލޭ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތައް މުރާޖާކޮށްފި

މާލޭ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރެވޭނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މުރާޖާކޮށްފިއެވެ.

މި ބަދަލުތަކަށް އަމަލު ކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. މާލޭ ސަރަހައްދުގައި ޓެކްސީ ކުރާ ފަރާތްތަކުން އެ މީހަކަށް ފެންނަ އަގެއް ނަގާ މައްސަލައަކީ އާންމުންގެ ވަރަށް ގިނަ ދުވަސްވީ ޝަކުވާއެކެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް ސަރުކާލުން އަލުން އަގުތަކެއް ކަނޑައަޅާފައި މި ވަނީ ހިދުމަތް ހޯދާ ފަރާތްތަކާއި ޓެކްސީ ކުރާ ފަރާތްތަކުގެ ވެސް މަސްލަހަތު ނުގެއްލޭނެ ފަދަ ގޮތަކަށް ބަލައިގެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

6 ސީޓަށް ވުރެ މަދު ސީޓުލީ އުޅަނދުތަކުން ނެގޭނެ އަގުތައް:

  • މާލެ، ހުޅުމާލެ، ހުޅުމާލެ ފިޔަވަހި 2ގެ، ޒޯނު އެތެރޭގެ ދަތުރުތައް: 30ރ.
  • މާލެ – ހުޅުމާލެ ފިޔަވަހި 1: 85ރ.
  • މާލެ – ހުޅުމާލެ ފިޔަވަހި 2: 100ރ.
  • މާލެ – ހުޅުލެ: 70ރ.
  • ހުޅުމާލެ ފިޔަވަހި 1 – މާލެ: 85ރ.
  • ހުޅުމާލެ ފިޔަވަހި 1 – ހުޅުމާލެ ފިޔަވަހި 2: 40ރ.
  • ހުޅުމާލެ ފިޔަވަހި 1 – ހުޅުލެ: 80ރ.
  • ހުޅުމާލެ ފިޔަވަހި 2 – މާލެ: 100ރ.
  • ހުޅުމާލެ ފިޔަވަހި 2 – ހުޅުމާލެ ފިޔަވަހި 1: 40ރ.
  • ހުޅުމާލެ ފިޔަވަހި 2 – ހުޅުލެ: 85ރ.
  • ހުޅުލެ – މާލެ: 70ރ.
  • ހުޅުލެ – ހުޅުމާލެ ފިޔަވަހި 1: 80ރ.
  • ހުޅުލެ – ހުޅުމާލެ ފިޔަވަހި 2: 85ރ.

ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރި ގޮތުގައި 6 ނުވަތަ އެއަށް ވުރެ މަދު ސީޓުލީ އުޅަނދުތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10ރ. ނެގޭނެއެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖުގެ އަދަދު ތިނަކަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާގެ ރޭޓުން ފައިސާ ދައްކަން ޖެހޭނެއެވެ.

7 – 10 ދެމެދުގެ އަދަދަކަށް ސީޓުލީ އުޅަނދުތަކުން ނެގޭނެ އަގުތައް:

  • މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2ގެ، ޒޯނު އެތެރޭގެ ދަތުރުތައް: 45ރ.
  • މާލެ – ހުޅުމާލެ ފިޔަވަހި 1: 130ރ.
  • މާލެ – ހުޅުމާލެ ފިޔަވަހި 2: 155ރ.
  • މާލެ – ހުޅުލެ: 110ރ.
  • ހުޅުމާލެ ފިޔަވަހި 1 – މާލެ: 130ރ.
  • ހުޅުމާލެ ފިޔަވަހި 1 – ހުޅުމާލެ ފިޔަވަހި 2: 60ރ.
  • ހުޅުމާލެ ފިޔަވަހި 1 – ހުޅުލެ: 125ރ.
  • ހުޅުމާލެ ފިޔަވަހި 2 – މާލެ: 155ރ.
  • ހުޅުމާލެ ފިޔަވަހި 2 – ހުޅުމާލެ ފިޔަވަހި 1: 60ރ.
  • ހުޅުމާލެ ފިޔަވަހި 2 – ހުޅުލެ: 130ރ.
  • ހުޅުލެ – މާލެ: 110ރ.
  • ހުޅުލެ – ހުޅުމާލެ ފިޔަވަހި 1: 125ރ.
  • ހުޅުލެ – ހުޅުމާލެ ފިޔަވަހި 2: 130ރ.

ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރި ގޮތުގައި 7 ސީޓާއި 10 ސީޓާ ދެމެދުގެ އަދަދަކަށް ސީޓޫލީ އުޅަނދުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 15ރ. ނެގޭނެއެވެ. އަދި ޓެކްސީއަށް އަރުވާ ލަގެޖުގެ އަދަދު ތިނަކަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާގެ ރޭޓުން ފައިސާ ދައްކަން ޖެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-