-Advertisement-

-Advertisement-

އައިވީއެފް ޚިދުމަތަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އާސަންދަ ކައުންޓަރެއް

ސަރުކާރުގެ ހިލޭ ބޭސްފަރުވާ ސްކީމް، އާސަންދައިގެ ދަށުން އައިވީޢެފް ޚިދުމަތް ހޯދުމަށް ފޯމު ހުށަހެޅުމަށް ދިން މުއްދަތު އިތުރުކޮށްފިއެވެ.

އާސައިންދައިގެ ދަށުން އައިވީޢެފް ޚިދުމަތް ހޯދުމަށް ފޯމު ހުށަހެޅުމަށް އެންސްޕާއިން މާރިޗް 15 ވަނަ ދުވަހު ފުރުސަތު ހުޅުވާލީ މެއި 15 ވަނަ ދުވަހަށް އެ މުއްދަތު ހަމަވާގޮތަށެވެ.

އެހެންނަމަވެސް މި މުއްދަތު އިތުރު ކުރިކަން އިއުލާނުކޮށް އެންޕާއިން ރޭ ބުނެފައިވަނީ، އައިވީއެފް ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި ޖުލައި 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

“އައިވީއެފް” ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް އެ އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv) ،(aasandha.mv)) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، info@nspa.gov.mv އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 ނަންބަރަށް ވައިބަރ ކުރަން ޖެހެއެވެ.

އާސަންދަ ޑިޖިޓަލް ޕޯޓަލް (my.aasandha.mv) މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، އެ އެޖެންސީގެ ހޮޓްލައިން 1402 ގުޅުއްވުމަށް ނުވަތަ info@nspa.gov.mv އަށް އީމެއިލް ކުރެއްވުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އެދިފައެވެ.

“‘އައިޔޫއައި” އަދި “އައިވީއެފް” ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު” އެ އެޖެންސީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.

 

މީގެ ކުރިން އާސަންދައިން އެކުލަވާލައިފައިވާ އައިވީއެފް ހެދުމަށް ބޭނުންވާ މީހުންނަށް އެހީ ދިނުމުގައި އަމަލުކުރާނެ ގޮތްތަކެއް ހިމެނޭ އުސޫލުގައި ބުނެފައިވާގޮތުން، އާސަންދަ މެދުވެރިކޮށް އައިވީއެފް ހަދަން ހުށަހެޅޭނީ ކައިވެނި ކުރިތާ ތިން އަހަރުވެފައިވާ ދެމަފިރިންނަށެވެ. އެމީހުންނަށް އާސަންދަ އިން ފަރުވާ ކުރަން ބޭނުންވާނަމަ ހުށަހެޅޭނީ ތިން ފަހަރު ކަމަށާއި އަދި އަމިއްލަ ހަރަދުގައިވެސް އައިވީއެފް ތިން ބުރު ފުރިހަމަކޮށްފައި ހުރެގެން ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-