-Advertisement-

-Advertisement-

އާސަންދަ ސްކީމުން 700އަށް ވުރެ ގިނަ މީހުން މެޑިކަލް ޗެކްއަޕް ހަދައިފި

ދަރުމަވަންތަ ހޮސްޕިޓަލް

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތް މި އަހަރުގެ ޖެނުއަރީގައި ހަމަ ޖެއްސިފަހުން 700އަށް ވުރެ ގިނަ މީހުން އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދައިފިއެވެ.

އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމަށް ހުޅުވާލުމުން އައިޖީއެމްއެޗްގައި 291 މީހުން މެޑިކަލް ޗެކަޕް ހަދާފައިވާއިރު މިހާރުވެސް އެ ހޮސްޕިޓަލްގެ ވެއިޓް ލިސްޓްގައި 377 މީހުން އެބަތިއްބެވެ.

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލްގައި އާސަންދައިގެ ދަށުން 505 މީހެއްގެ މެޑިކަލް ޗެކަޕް ހަދާފައިވާއިރު ވެއިޓް ލިސްޓްގައި 177 މީހުން އެބަތިއްބެވެ.

އާސަންދަ ސްކީމުގެ ދަށުން އަހަރަކު ދެ ފަހަރު މިވަގުތު މެޑިކަލް ޗެކަޕް ހެދެނީ އުމުރުން 35 އަހަރުން މަތީގެ މީހުންނަށެވެ. އަދި އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މި ހިދުމަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-