-Advertisement-

-Advertisement-

ކުރިއަށް މި އޮތް 5 ދުވަހު މޫސުން ގޯސްވާނެ

ހުޅަނގު މޫސުމުގެ އަސަރު ކުރިއަށް މި އޮތް ދުވަސްތަކުގައި މުޅި ރާއްޖެއަށް ކުރާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ގަދަވުމާއި ކަނޑުތައް ގަދަވެ އަދި ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިއްޔެ ލަފާކޮށްފިއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި މިރެއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިބާރުވުމާއެކު، ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެއެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް އެ އިދާރާއިން ނެރުނު ނޫސްބަޔާނުގައިވެއެވެ. ހަމައެހެންމެ ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކުރެއެވެ.

މެޓުން ހާމަކުރާ ގޮތުގައި ކަނޑުތައް ގަދަވުމާއެކު ދިޔަވަރު ބޮޑުވުމާ ގުޅިގެން ބައެއް ރަށްރަށަށް އުދަ އެރުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތަކާއި އެއްގަމުގައި ދިރިއުޅޭ ފަރާތްތަކުން ވެސް މި ކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.

މެޓު އޮފީހުން މީގެ ކުރިން ލަފާކޮށްފައިވާ ގޮތުގައި މެދުރާއްޖެތެރެއަށާއި ރާއްޖޭގެ އުތުރަށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހުން އެކަށީގެންވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-