-Advertisement-

-Advertisement-

އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ދަރިއަކު ހޯދައިފި

ޓްރީޓޮޕް ހޮސްޕިޓަލް -- ފޮޓޯ: ޓްރީޓޮޕް

ފުރަތަމަ ފަހަރަށް ރާއްޖޭގައި އައިވީއެފް ހެދި ދެމަފިރިއަކަށް ދަރިއަކު ލިބިއްޖެއެވެ.

އައިވީއެފް މެދުވެރިކޮށް ދަރިއަކު ހޯދި ދިވެހި މީހާ ވިހެއީ މިދިޔަ އާދީއްތަ ދުވަހުކަމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާ ވިދާޅުވިއެވެ. އާދިލް ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހު ވިހެއީ މީގެ ކުރިން ރާއްޖެއިން ބޭރުން 4 ފަހަރަށް އައިވީއެފް ހެދި މީހެއް ކަމަށެވެ. އަދި އެ ދެ ފަރާތުގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

2023 ވަނަ އަހަރުގެ މޭ މަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ފާޓިލިޓީ ސެންޓަރުން އައިވީއެފް ހެދި ފުރަތަމަ ބެޗުގައި ހިމެނެނީ 16 މީހުންނެވެ. އޭރު އާންމު ކުރި މައުލޫމާތުން އެނގޭ ގޮތުގައި އޭގެ ތެރެއިން އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން 6 މީހުން ބަނޑުބޮޑުވިއެވެ.

ޓްރީޓޮޕްގެ ފާޓިލިޓީ ސްޕެޝަލިސްޓް، ޑރ. ޒާކިޔާ އަޙްމަދު ވިދާޅުވި ގޮތުގައި ފުރަތަމަ ބެޗުގައި އެމްބްރިއޮ ޓްރާންސްފާ ހެދި ބައެއް މީހުން ވަނީ ފެއިލްވެފައެވެ. އެހެންނަމަވެސް، އަދިވެސް ބާކީ އެމްބްރިއޯ ހުރުމުން، އެ ތަކެތި ޓްރާންސްފާކޮށް، ކުރިއަށް އޮތް ތަނުގައި ކާމިޔާބު ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޒާކިޔާ ވިދާޅުވިއެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި މިއީ އެ ހޮސްޕިޓަލަށާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މީގެ ކުރިން އެ ހޮސްޕިޓަލުން އައިވީއެފް ހަދައިދެނީ 43 އަހަރު ނުވާ މީހުންނަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ އުސޫލުތަކަށް ގެނެވުނު ބަދަލުތަކާ އެކު މިހާރު 45 އަހަރުން ދަށުގެ މީހުނަށް އެ ހޮސްޕިޓަލުން އައިވީއެފް ހެދޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-