-Advertisement-

-Advertisement-

އުމްރާ ދަތުރުފުޅަށް ފަހު ރައީސްގެ ދެ ކަނބަލުން މާލެ ވަޑައިގެންފި

ޢުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެން ނައިބު ރައީސްއާއި ސަލާމް ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު އިއްޔެ މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާންދާރީގައި ރައީސްގެ ދެ ކަނބަލުން ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ފެއްޓެވީ މިދިޔަ ހުކުރު ދުވަހުއެވެ.

މި ދަތުރުފުޅުއި ބައިވެރިވެވަޑައިގެން ސަރުކާރު އިތުރު ބޭފުޅުންނަށް ބަލާލާ އިރު އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު މުޙައްމަދު ލަޠީފް ހިމެނެއެވެ. ހަމައެހެންމެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޒު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުންގެ ތެރެއިން ޢަލީ ޢާރިފާއި ޢަބްދުﷲ ނާޞިރު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅަކީ ސަޢޫދީ ސަރުކާރުން ފޮނުއްވި ޚާއްޞަ މަތިންދާބޯޓެއްގައި ކުރެއްވި ދަތުރުފުޅެކެވެ. އަދި ސައުދީން ރައީސަށް މަރުޙަބާ ދެންނެވީ މަދީނާ ސަރަޙައްދުގެ ގަވަރުނަރު، ޞާޙިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ސަޢޫދީގައި ތަޢުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ، އެ ދަރިވަރުން ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ. އަދި އެ ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައިސް ވަނީ އެ ދަރިވަރުންނަށް އަރުއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-