-Advertisement-

-Advertisement-

ފުރަތަމަ ފަހަރަށް ދިވެހި އެތްލީޑަކު އޮލިމްޕިކްސް އަށް ކޮލިފައިވެއްޖެ

ރާއްޖޭގެ ޓޭބަލް ޓެނިސް އެތްލީޑެއް ކަމަށްވާ ފާތިމަތު ދީމާ އަލީ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލް މެޗުން މޮޅުވެ އޮލިމްޕިކްސްއަށް ކޮލިފައިވެއްޖެއެވެ.

ދީމާ މި މެޗު ކާމިޔާބުކޮށްފައިވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާއާ ދެކޮޅަށް ކުޅެއެވެ. ދީމާ ވަނީ 4-1 ސެޓަކުން ފައިނަލުގައި ބިމާންޑީގެ މައްޗަށް ކުރިހޯދާފައެވެ. އެ ނަތީޖާއާއެކު ދީމާއަށް ވަނީ ޕެރިސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައެވެ.

މެޗުގެ ފުރަތަމަ ސެޓު ދީމާ ކާމިޔާބު ކުރީ ލީޑުގައި ކުޅެމުން ގޮސް،11-8 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓު ދީމާއަށް ކާމިޔާބެއް ނުކުރެވުނެވެ. ދީމާގެ މައްޗަށް ބިމާންޑީ ކުރި ހޯދީ 11-8 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ތިން ވަނަ ސެޓު ވަރަށް ވާދަވެރިވިކަން ފާހަގަކޮށްލެވެއެވެ. ތިންވަނަ ސެޓު ދީމާ ކާމިޔާބު ކުރީ 11-13 އިންނެވެ. ހަމައެހެންމެ ހަތަރު ވަނަ ސެޓު ދީމާ ވަނީ 11-7 އިން ކާމިޔާބު ކޮށްފައެވެ. އަދި އެންމެ ފަހު ސެޓު ދީމާ ވަނީ 11-5 އިން ކާމިޔާބު ކޮށްފައެވެ.

ދީމާގެ މި ކާމިޔާބީ ފާހަގަކޮށްލެވެނީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައެވެ. ދީމާގެ ކާމިޔާބީ ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖައްސަވާ ދީމާއަށް ހިތްވަރުދެއްވާފައެވެ. މި މުބާރާތް މި އަހަރު ކުރިއަށް ދަނީ ނޭޕާލުގެ ކަތަމަންޑޫގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-