-Advertisement-

-Advertisement-

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ހިޔާލުތަފާތުވުން ނައްތާލެވޭނެކަމުގެ އުންމީދު އެބަ އޮތްކަމަށް ޖައިޝަންކަރު ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އާއި އިންޑިއާގެ ފޮރިން މިނިސްޓަރ. – ފޮޓޯ: ޚާރިޖީ ވުޒާރާ / އެކްސް

ސިޔާސި ގޮތުން އިންޑިއާއާއި ރާއްޖެއާ ދެމެދު ޚިލާފުވުންތަކެއް އެބަހުރިކަމަށް ގަބޫލުކުރައްވާކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ސީއައިއި ބިޒްނަސް ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި މި ކަމާ ގުޅިގެން ބައެއް ފަރާތްތަކާ މަޝްވަރާ ކުރައްވާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޚިލާފުވުންތަކާ އެކު ވެސް އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މީގެ ހަފްތާއެއް ކުރިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޖައިޝަންކަރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާއާއި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މި ބައްދަލުވުމުގައި ޖައިޝަންކަރު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއެކު ގުޅުން ބަދަހިކުރަން އިންޑިއާއިން ބޭނުންވެއެވެ.

އިންޑިއާގެ ސްޓޭޓް ބޭންކުން ދިވެހި ސަރުކާރު ގަނެފައިވާ ދަރަންޏަށް މިހާރު ވަނީ 1 އަހަރުގެ މުހުލަތެއް އިތުރުކޮށްދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-