-Advertisement-

-Advertisement-

ރޭގަނޑު ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރު ކުރަނީ

ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހު ގަދަ ވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ރޭގަނޑު ކަނޑުދަތުރުތައް ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭހެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެ މި ވަގުތުތަކުގެ ބޯކޮށް ވާރޭވެހުމުގެ އިތުރުން، ވައި ބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންލަފާކޮށްފައިވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން  މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެޔާއެކު ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާ އިރު، މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުންވެސް ރޭގަނޑުގެ ވަގުތުތަކުގައި ކަނޑުމަގުން ދަތުރުފަތުރުތައް ނުކުރުމަށާއި މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވާންދެކަށް ދަތުރު ފަސްކޮށްލުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުންވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-