-Advertisement-

-Advertisement-

ބްރައުން ޝުގަރ ވައިޓް ޝުގަރ، ތަފާތުވަނީ ކިހިނެއް؟

ބްރައުން ޝުގަރ ވައިޓް ޝުގަރ ހުރިއިރު ނަގަންވީ ކޮން ހަކުރު ތަށްޓަކުން ހެއްޔެވެ؟ މިއީ އާންމު ދިރިއުޅުމުގައި އަހަރުމެން ބޭނުންކުރާ ހަކުރުގެ ބާވަތްތައް ކަމުގައި ވީނަމަވެސް މި ބާވަތްތަކާއި ބެހޭގޮތުން އަހަރެމެންނަށް ނޭނގޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. މި ލިޔުމުގައި މިބަލާލަނީ “ޝުގަރ އެސޯސިއޭޝަން”ގެ ފަރާތުން ބްރައުން ޝުގަރ ވައިޓް ޝުގަރ އާއި ބެހޭގޮތުން އާންމުކޮށްފައިވާ ކޮންމެހެން އެނގެންޖެހޭ މައުލޫމާތަށެވެ.

ހަކުރުގެ ބާވަތްތައް އުފައްދަނީ އުއްދަނޑި އާއި ޝުގަރ ރޫޓް އިންނެވެ. ގަހުގެ އެކި ބައިތަކުގައި ރައްކާކުރެވިފައިވާ ހަކުރު ނެގިގެންދަނީ ސާފުކޮށް ފިލްޓަރކުރެވިގެންނެވެ. އަދި މިގަސްތަކުނެ ނެގޭ ހަކުރު ތައްޔާރުކުރުމުގައި ތަފާތު އެކި ޕްރޮސެސްތަކުން އެކި ވައްތަރުގެ ހަކުރު އެފެއްދެއެވެ. މިފަދަ އެންމެ އާންމު އެއް ހަކުރުގެ ވައްތަރަކީ އަހަރެމެން އާންމުކޮށް ބޭނުންކުރާ ހުދުކުލައިގެ ހުންނަ ހަކުރެވެ.

ބްރައުން ޝުގަރ ވައިޓް ޝުގަރގެ މައިގަނޑު ތަފާތަކީ އޭގައި މޮލާސަސް ހިމެނޭ މިންވަރެވެ. މޮލާސަސް އަކީ ހަކުރު އުފެއްދުމުގައި އުއްދަނޑިން ނުވަތަ ހަކުރު އުފައްދާ އެއްޗަކުން ނެގޭ މާއްދާއެކެވެ. މިމާއްދާ އަލުން ހަކުރު އުފެއްދުމުގައި ބޭނުންކުރަނީ އެއުފައްދާ ހަކުރުގައި ފޮނި ރަހަ ހުންނަ މިންވަރު ކަނޑައަޅައި އެމިންވަރަކަށެވެ. މޮލާސަސް ވަކިން ނަގައިގެންވެސް މީހުން ހަކުރުގެ ބަދަލުގައި ބޭނުންކުރެއެވެ. ބްރައުން ޝުގަރ ވައިޓް ޝުގަރ އާއި ތަފާތުވަނީ އާދައިގެ ހަކުރުގައި މޮލާސަސް ނުހިމެނޭތީއެވެ. ބްރައުން ޝުގަރ ގައި ހުންނަ ކުލައާއި ތެތްކަން އަންނަނީ ހަކުރު ތައްޔާރުކުރުމުގައި މި މާއްދާ އިތުރު ކުރެވިގެން ދާތީއެވެ.

ބްރައުން ޝުގަރ ވައިޓް ޝުގަރ އަކީ އަހަރުމެން ތައްޔާރުކުރާ ކާއެއްޗަކަށް ބަލައިގެން ގިނަފަހަރު ބޭނުންކުރާ އެއްޗަކަށް ވާއިރު ޝުގަރ އެސޯސިއޭޝަން އިން ލަފާދެއްވަނީ މުއްސަނދި ރަހަ ޕްރޮފައިލްތައް ހުންނަ ކާނާ، މިސާލަކަށް ބާބަކިއު ސޯސް އާއި ތަފާތު ފްލޭވަރތަކުގެ ޕާނާއި ސްޕައިސް ކޭކް ފަދަ ތަފާތު ގަދަ ރަހަތައް ހުންނަ ކާއެއްޗިހި ތައްޔާރުކުރުމުގައި ބްރައުން ޝުގަރ ބޭނުންކުރުމަށެވެ. މީގެ ބަދަލުގައި އެ އެސޯސިއޭޝަނުން ބުނަނީ ފޮނި ރަހައިގެ އިތުރުން ގަދަ އިތުރު ރަހައެއް ނުހުންނަ ކާއެއްޗިހި ތައްޔާރުކުރުމުގައި އާދައިގެ ހަކުރު ބޭނުންކުރެވިދާނެ ކަމަށެވެ.

ޝުގަރ އެސޯސިއޭޝަން އިން މައުލޫމާތު ދެއްވަނީ ނިއުޓްރޮޝަންގެ ނަޒަރަކުން ބަލާއިރު، ބްރައުން ޝުގަރއަށް ވުރެ ހުދު ހަކުރު ބޭނުންކުރުމުން ނުވަތަ އެއާއި ޚިލާފަށްވެސް ފައިދާއެއް ނެތްކަމަށެވެ. އަދި ހުރިހާ ވައްތަރެއްގެ ޤުދުރަތީ މާއްދާތަކުން އުފެއްދޭ ހަކުރެއްގައިވެސް ނިއުޓްރިޝަނަލްގެ ނަޒަރުން ބެލޭއިރު ނިސްބަތުން ހުންނަނީ ގާތްގަނޑަކަށް، 1ސައި ސަމްސަލެއްގައި 15 ކެލޮރީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-