-Advertisement-

-Advertisement-

ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި އިންޑިއާ މަސްވެރިންގެ ޖޫރިމަނާ މަޢާފުކޮށްދީފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރި އިންޑިއާގެ މަސްދޯންޔަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ސަރުކާރުން މަޢާފުކޮށްދީފިއެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރިކަމަށް ސާބިތުވެފައި ވަނީ އިންޑިއާގެ އުޅަދެއްކަމަށްވާ ހޮލީ ސްޕިރިޓްއެވެ. މި މައްސަލައާ ގުޅިގެން ޖޫރިމަނާކޮށްފައިވަނީ އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަނެވެ. އެންތަނީގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ފިޝަރީޒް މިނިސްޓްރީންނެވެ. އަދި މި މައްސަލަ ބެލީ ސިވިލް ކޯޓުންނެވެ. ފިޝަރީޒް މިނިސްޓްރީން ހުށަހެޅި ދައުވާގައިވާ ގޮތުން އެ ޖޫރިމަނާ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ދައުލަތަށް ލިބިދިނުމަށާއި ހޮލީ ސްޕިރިޓް ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.

ސިވިލް ކޯޓުން ހާމަކުރާ ގޮތުގައި ފިޝަރީސް މިނިސްޓްރީން އުފުލާފައިވާ ދައުވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 10 މާޗް 2024ގެ ސިޓީއިން ވަނީ މަޢާފު ކޮށްދީފައެވެ.

ހޮލީ ސްޕިރިޓް ރާއްޖެއިން ފޮނުވާލާފައިވަނީ 17 މާޗް 2024 ވަނަ ދުވަހުގައިކަމަށް މައުލޫމާތު ލިބެއެވެ. މިހާރު ސިވިލް ކޯޓުން ވަނީ ފިޝަރީސް މިނިސްޓްރީން ހުށަހެޅި ދައުވާގެ ފޯމު ބާތިލުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-