-Advertisement-

-Advertisement-

ރާއްޖޭގައި ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފެށިއްޖެ

މާލޭގެ މުދާ އުފުލާ ބަދަރު. ފޮޓޯ: އެމް ޕީ އެލް

ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓްގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވުމުގެ ޚިދުމަތް ރާއްޖެއިން ފަށައިފިއެވެ.

ސީ-ޓު-އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތަކީ އެއް ޤައުމުން އެހެން ޤައުމުތަކަށް ފޮނުވޭ މުދާ ކަނޑު އުޅަނދުފަހަރުގައި ރާއްޖެ ގެނެސް، ރާއްޖެ މެދުވެރިކޮށް ވައިގެ އުޅަނދުފަހަރުގައި އެކި ތަންތަނަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސައިދިން ޚިދުމަތެކެވެ.

މި ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަނީ މިދިޔަ މާރިޗު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ބައިވެރިވީ ޓާކިޝް އެއާލައިނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންއެވެ.

އެމްޕީއެލްގެ މީޑިއާ އޮފިސަރު މީޑިއާއަކަށް ހާމަކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ ފުރަތަމަ ފަހަރަށް ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެ ގެނައި 935 ފޮށި ވަނީ ޓާކިޝް އެއާލައިންގައި ޖަރުމަނަށް ފޮނުވާލެވިފައެވެ. މި މުދާތަކުގައި ހިމެނެނީ އަންނައުނުކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ސީ-ޓު-އެއާ ޚިދުމަތް އެމްޕީއެލުން ފެށުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލާއެކު އެއާ ކާގޯގެ ހިދުމަތް ފުޅާ ކުރުމަށް އެޅިގެން ދިޔަ ވަރަށް ބޮޑު ބާރެއް ކަމަށް އެމްއޭސީއެލްގެ މީޑިއާ އޮފިސަރު ވިދާޅުވިކަމަށް މީޑިއާތަކުން އާންމުކުރެއެވެ.

ރާއްޖެއަކީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުމަށް ބޭނުންފުޅުވާކަމަށް ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-