-Advertisement-

-Advertisement-

ބޮޑުރަސްގެފާނުމަގަށް ކުނިއަޅަމުންދާ މައްސަލަ ކައުންސިލުން ކުށްވެރިކޮށްފި

ބޮޑުރަސްގެފާނުމަގަށް ކުނިއަޅަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ، މި ގޮތަށް މަގުމައްޗަށް ކުނިއަޅަމުންދާ މީހުން ހޯދާ، ޖޫރިމަނާ ކޮށް، ފިޔަވަޅު އަޅާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މަގުމަތީގައި ކުނި ބެހެއްޓުން މަނާކޮށްފައި ވީ ނަމަވެސް ގިނަ ރައްޔިތުންގެ އެއްބާރުލުން އަދިވެސް މި ކަމަށް ނުލިބޭކަން ފާހަގަކޮށްލެވެއެވެ. މި އަހަރުގެ މާރިޗު މަހުގެ 14 ވަނަ ދުވަހު ވެސް ފުލުހުން ވަނީ މި ގޮތަށް އަމަލުކުރަމުން ދިޔަ މީހަކު ހޯދައި ޖޫރިމަނާ ކޮށްފައެވެ.

މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓު ގުޅިގެން މީގެ ކުރިން މާލޭ މަގުމައްޗަށް ކުނި އެޅި މީހެއް ހޯދިކަމަށާއި އެ މީހާ ޖޫރިމާނާ ކުރިކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް އައި އިރު މާލެ ސިޓީ ކައުންސިލުން ވަނީ 100އަށް ވުރެ ގިނަ މީހަކަށް މި ފަދަ މައްސަލަތަކާ ގުޅިގެން ފިޔަވަޅުއަޅާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-