-Advertisement-

-Advertisement-

ލިވަޕޫލަށް ކްލޮޕްގެ ބަދަލުގައި ސްލޮޓް

ލިވަޕޫލްގެ ކޯޗުގެ މަގާމާއި ހަވާލުވާ ގެއާނޭ ސްލޮޓް. ފޮޓޯ: ގިޓީ

ކުރިޔަށް އޮތް ސީޒަނުގައި ލިވަޕޫލްގެ ހެޑް ކޯޗުގެ މަގާމުގައި ޔާގަން ކްލޮޕްގެ ބަދަލުގައި ފެޔެނޯޑްގެ އާނޭ ސްލޮޓް ފެނިގެންދާނެ ކަމަށް އޭނާ އިއުލާންކޮށްފިއެވެ.

ހުކުރު ދުވަހު ފެޔެނޯޑްއިން ބޭއްވި ޕްރެސް ކޮންފެރެންސްގައި ފުރަތަމަ ފަހަރަށް ސްލޮޓް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މި އަހަރުގެ އޭޕްރީލް މަހު ފެޔެނޯޑަށް ޑަޗް ކަޕް ނަގައިދިން ސްލޮޓް ވަނީ މިދިޔަ ސީޒަނުގައި ހަ އަހަރަށް ފަހު އެ ޓީމަށް ލީގުވެސް ކާމިޔާބު ކޮށްދީފައެވެ.

ލިވަޕޫލްގެ އެންފީލްޑްގައި 9 އަހަރު ހޭދަކުރުމަށްފަހު, މިދިޔަ ޖެނުއަރީ މަހުގައި ޔާގަން ކްލޮޕް ވަނީ މިއީ އެޓީމުގައި ހޭދަކުރާ ފަހު ސީޒަންކަމަށް ހާމަކޮށްފައެވެ. ލިވަޕޫލްގައި ހޭދަކުރި ދުވަސްވަރު ކްލޮޕް ވަނީ 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި, 2020 ވަނަ އަހަރު ޕްރިމިއާ ލީގުގެ އިތުރުން, 2022 ވަނަ އަހަރުގެ އެފްއޭ ކަޕާއި, 2022 އަދި 2024 ވަނަ އަހަރު ކަރަބާއޮ ކަޕްގެ ދެ ތަށިވެސް ހޯދައިދީފައެވެ. މީގެ އިތުރުން, 2019 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަރ ކަޕްގެ ތަށިވެސް ކާމިޔާބު ކޮށްދީފައިވެއެވެ.

ގާތްގަނޑަކަށް 500 މެޗް ލިވަޕޫލަށް ކޯޗުކަން ކޮށްދީފައިވާ ކްލޮޕް އަކީ ފަހުގެ ތާރީޚެއްގައި ލިވަޕޫލަށް އެންމެ ކާމިޔާބީ ހޯދައިދިން ކޯޗުކަން ފާހަނގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-