-Advertisement-

-Advertisement-

އާސަހަރާގެ ފިނިޝިންގް މަސައްކަތް ބަޔަކާއި ހަވާލުކޮށްފި

ސިޓީ ކައުންސިލުން އާ ސަހަރާގެ މަސައްކަތް ކުންފުންޏަކަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ - ފޮޓޯ: މާލެ ސިޓީ ކައުންސިލް

މަސައްކަތް ނުނިމި ދިގުލައިފައިވާ މ އާސަހަރާގެ ފިނިޝިންގް މަސައްކަތްތައް ނިންމުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ކައުންސިލްގެ ފަރާތުން 4.9 މިލިޔަން ރުފިޔާ ބަޖެޓްކޮށްގެން ފެށި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރި ކުންފުންޏަށް، މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް ވާ 3.9 މިލިއަން ރުފިޔާ ދިނުމަށް ފަހު މަސައްކަތް އެއްކޮށް ނުނިމެނީސް ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އާސަހަރާގެ ނުނިމި ހުރި ބައިގެ މަސައްކަތްތައް ދެމަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ.

ދެ ފަންގޮފިލާއަށް ތަރައްގީކުރުމަށް ހަމަ ޖެހިފައިވާ އަސަހަރާގެ އައު އިމާރާތުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމްތަކުގެ އިތުރުން ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އާސަހަރާ ބަންދުކޮށްފައިވާއިރު ކަށުކަމާކެމީގެ އެންމެހާ ކަމެއް މިހާރު ކުރިއަށް ދަނީ ހުޅުމާލޭ ސަހަރާގައެވެ. ނަމަވެސް ވާރޭ ވެހި ފެން ބޮޑުވެއްޖެ ހާލަތެއްގައި މަރުވާ މީހުން ވަޅުލަނީ ގަލޮޅޫ ސަހަރާގައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ހުޅުމާލޭގެ ސަހަރާ މިސްކިތުގައި ނޮވިލޮން އެޅުމުގެ މަސައްކަތް، އެރިސް ޑެކާ ކިޔާ ކުންފުންޏަކަށް ހަވާލުކޮށްފައެވެ. އެއީ ފަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 185،004 ރުފިޔާއަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-