ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފެންވަރުގައި އެއަރލައިންތަކާއި އެއަރޕޯޓްތައް ގުޅުވައިދޭ އެންމެ ބޮޑު އެއް ޕްލެޓްފޯމު، އެއާ ސާވިސް ވޯލްޑް ކޮންގްރެސް (އޭޑަބްލިޔުއެސްސީ) ގެ މި އަހަރުގެ ޕާޓްނަރުންނާއެކު އެމްއޭސީލުން ސޮއިކޮށްފިއެވެ.
ގްލޯބަލް ޓްރެވެލް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މި ކޮންފަރެންސް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުލައި މަހުގެ 9ން 11ށް ކުރުނބާ މޯލްޑިވްސްގައެވެ.
މިފަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 އަށް ވުރެ ގިނަ މަންދޫބުން މި ކޮންފަރެންސްގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންފަރެންސްގެ 7 ގިންތިއަކުން ކޮންފަރެންސްގެ އެކި ކަންކަމުގައި އެހީތެރިވުމަށް ޕާޓްނަރުންނާއެކު އެމްއޭސީއެލްއިން ވަނީ ސޮއިކޮށްފައެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންގެ ގޮތުގައި ސޮއިކުރި ޕާޓްނަރުންނަކީ؛
ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލަހިނި
ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑިވްސް
ޑިޖޓަލް ޕާޓްނަރު: ދިރާގު
ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ
އެއާލައިން ޕާޓްނަރު: އެމިރޭޓްސް
އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން
މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯކާ މީޑިއާ، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލޫޝަން މީޑިއާ
މީގެ އިތުރުން މި އިވެންޓް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި ބެހޭ ވުޒާރާއިން އެންޑޯސްކޮށްފައިވެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި ދާއިރާގެ އެންމެ ބޮޑު ދެ ޖަމީއްޔާ ކަމައްވާ މަޓީ އަދި މަޓާޓޯއިންވެސް ވަނީ މި ހަރަކާތް އެންޑޯސްކޮށްފައެވެ.